Advertisement
ކ. މާލެ
|
17 މެއި 2023 | ބުދަ 13:08
ކްރިމިނަލް ޖަސްޓިސް ސެކްޓަރ ހައިލެވެލް ކޮންފަރެންސް ފެށުމަށް ބޭއްވި ޖަލްސާ
ކްރިމިނަލް ޖަސްޓިސް ސެކްޓަރ ހައިލެވެލް ކޮންފަރެންސް ފެށުމަށް ބޭއްވި ޖަލްސާ
ރައީސް އޮފީސް
ކްރިމިނަލް ޖަސްޓިސް ޑާޓާބޭސް
ޖިނާއީ އަދުލުގެ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮރަޕްޝަން: ޝަމީމް
ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތަކަކީ 24 ގަޑިއިރު ހުއްޓުމެއްނެތި މަސައްކަތް ކުރާ ތަންތަން
އިދާރާތަކުން ކުރާ މަސައްކަތްތަކާއި އޭގެ ނަތީޖާވެސް ރައްޔިތުންނަށް ސާފުކޮށް ފެންނަން އޮންނަން ޖެހޭ
ކޮރަޕްޝަން ނައްތާލުމަށް ބޭނުންކުރެވޭ މައިގަނޑު އެއް ހަތިޔާރަކީ ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ހާމަކުރުން

ޖިނާއީ އަދުލުގެ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮރަޕްޝަންކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް އެހެން ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމުގެ މަތީ ފަންތީގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކޮންފަރެންސް ފެއްޓެވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޖިނާއީ އަދުލުގެ ނިޒާމުގައި ޙަރަކާތްތެރިވާ ވުޒާރާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތަކީ އަސާސީ ޚިދުމަތެއްކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ، ކޮންމެ ޤައުމެއްގެވެސް އިޤްތިސާދީ އަދި އިޖުތިމާއީ ކުރިއެރުމުގެ އަސާސަކީ އަމަންއަމާންކަމާއި ހަމަޖެހުން އޮތުން ކަމަށެވެ.

ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތަކަކީ 24 ގަޑިއިރު ހުއްޓުމެއްނެތި މަސައްކަތް ކުރާ ތަންތަން ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، އިދާރާތަކުން ކުރާ މަސައްކަތްތަކާއި އޭގެ ނަތީޖާވެސް ރައްޔިތުންނަށް ސާފުކޮށް ފެންނަން އޮންނަން ޖެހޭ ކަމަށެވެ.

Advertisement

ޝަމީމް އިތުރަށް ވިދާޅުވީ، ޖިނާއީ އަދުލުގެ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮރަޕްޝަން ކަމަށެވެ. ކޮރަޕްޝަން ނައްތާލުމަށް ބޭނުންކުރެވޭ މައިގަނޑު އެއް ހަތިޔާރަކީ ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ހާމަކުރުންކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

މި ނިޒާމުގައި މަސައްކަތް ކުރައްވާއިރު އަބަދުވެސް ތަފާތު އެކި ކަހަަލަ ގޮންޖެހުންތައް ކުރިމަތިވާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

މި ޖަލްސާގައި ޖިނާއީ ޢަދުލުގެ ނިޒާމްގައި ހިމެނޭ އިދާރާތަކުގެ މެދުގައި ފަސޭހަ ކަމާއިއެކު މައުލޫމާތު ބަދަލުކުރެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ، ކްރިމިނަލް ޖަސްޓިސް ޑާޓާބޭސް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.  

ދެބައެއް އެކުލެވޭ މިޑާޓާބޭސްގެ ސަބަބުން އިދާރާތަކުގެ މެދުގައި ފަސޭހަކަމާއި އެކު މަޢުލޫމާތު ބަދަލުކުރެވޭއިރު، މިނިޒާމްގެ ތެރޭގައި ހިމެނޭ ތަފާސް ހިސާބު މަޢުލޫމާތުތައް ޢާއްމު ރައްޔިތުންނަށް ހާމަކަން ބޮޑުގޮތެއްގައި ފެންނަން ހުންނާނެއެވެ.

"އެވިޑެންސް ބޭސްޑް މެނޭޖްމެންޓް އެންޑް ޑިސިޝަން މޭކިން އިން ކްރިމިނަލް ޖަސްޓިސް ސެކްޓަރ"ގެ ނަމުގައި އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި، ޔުނިސެފާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްގެ ފަންނީ އެހީތެރިކަމާއި އެކު ހިންގި ޕްރޮޖެކްޓްގެ ދަށުން އިފްތިތާޙް ކުރެވުނު، ކްރިމިނަލް ޖަސްޓިސް ޑާޓާބޭސް އުފެއްދުމުގެ މަސައްކަތުގައި އިސްނަގައި މަސައްކަތްކޮށްފައި ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް