ކ. މާލެ
|
16 މެއި 2023 | އަންގާރަ 07:58
ވޯޓުލާ މަރުކަޒެއްގައި އީސީގެ އޮފިޝަލުން ހަރަކާތްތެރިވަނީ
ވޯޓުލާ މަރުކަޒެއްގައި އީސީގެ އޮފިޝަލުން ހަރަކާތްތެރިވަނީ
މުހައްމަދު އަނިލް
ރިޔާސީ އިންތިޚާބު 2023
ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކަށް 5597 އޮފިޝަލުން ހޯދަނީ
ވޯޓުލާ މަރުކަޒުގެ ވެރިންގެ ގޮތުގައި ހަމަޖައްސާ މީހުންނަށް ވޯޓުލާ ދުވަހު 1500 ރުފިޔާ ލިބޭނެ
ރިޔާސީ އިންތިޚާބަށް 5597 އޮފިޝަލުން ބޭނުންވޭ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.

އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި މިއަހަރުގެ ރިޔާސީ އިންތިޚާބަށް 5597 އޮފިޝަލުން ބޭނުންވެއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ސިޔާސީ ޕާޓީތަކުގައި އިސް މަހާމެއް އަދާ ނުކުރާ 18 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ. އަދި މި މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭނުގެ ހަރަކާތްތަކުގައި އަމަލީ ގޮތޔުން ބައިވެރިވާ މީހެއް ކަމުގައި ވެގެން ނުވާނެއެވެ.

އީސީން ބުނެފައިވާ ގޮތުގައި އޮފިޝަލުންގެ ގޮތުގައި ހޮވޭ މީހުންގެ ތެރެއިން ވޯޓުލާ މަރުކަޒުގެ ވެރިންގެ ގޮތުގައި ހަމަޖައްސާ މީހުންނަށް ވޯޓުލާ ދުވަހު 1500 ރުފިޔާ ލިބޭނެއެވެ. އަދި ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް 1200 ރުފިޔާ ލިބޭއިރު އޮފިޝަލުންނަށް 1000 ރުފިޔާ އަދި ރިޒާވް އޮފިޝަލުންނަށް 500 ރުފިޔާ ލިބޭނެއެވެ.

އުޖޫރައިގެ އިތުރުން ވޯޓުލާދުވަހު ކެއުމާއި ސައިގެ އިންތިޒާމް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ހަމަޖެއްސޭނެ ކަމަށް ވެސް އީސީން ބުންޏެވެ. އަދި ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސާ ފަރާތްތަަކަށް ފޯނު އެލަވަންސްގެ ގޮތުގައި 100 ރުފިޔާ ލިބޭނެއެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މި މަސައްކަތަށް ޚާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެއެވެ. ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށް އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ފުރިހަމަ ކުރުމުން ޓްރޭނިންގ އެލަވަންސްގެ ގޮތުގައި 300 ރުފިޔާ ލިބޭނެއެވެ. މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދަން ތާވަލު ކޮށްފައިވަނީ އޮގަސްޓު މަހުގެ ތެރޭގައެވެ.

ރިޔާސީ އިންތިޚާބުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުން 22 ޖޫންވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ބާއްވަން ތާވަލު ކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.

- ކޮމެންޓް