ކ. މާލެ
|
15 މެއި 2023 | ހޯމަ 07:56
އެމްޓީސީސީން މަޑުއްވަރީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ
އެމްޓީސީސީން މަޑުއްވަރީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ
އެމްޓީސީސީ
އެމްޓީސީސީ
މ. މަޑުއްވަރީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި
 
މިހާރު ކުރިއަށްދަނީ ނެރަށް ވަދެވެން އޮންނަ ދިމާ ފުން ކުރުމުގެ މަސައްކަތް
 
މިއީ 48.19 މިލިއަން ރުފިޔާގެ މަޝްރޫއެއް

މ. މަޑުއްވަރީ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުންޏާ މި މަޝްރޫއުގެ މަސައްކަތް ހަވާލު ކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.

އެ ކުންފުނިން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އާދީއްތަ ދުވަހުއެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ކުރިއަށްދަނީ ނެރަށް ވަދެވެން އޮންނަ ދިމާ ފުން ކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން، 38,800 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 54,093 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި 18,578.60 ކިއުބިކް މީޓަރުގެ އިތުރު ސާމާނު ފުންކުރުމާއި 600 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 122 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުްނ 111,471 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މ. މަޑުއްވަރީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަށް 48.19 މިލިއަން ރުފިޔާ ހޭދަވާނެއެވެ.

މަޑުއްވަރީގައި މިހާރު އޮތް ބަނދަރަކީ ދުވަސްވެފައިވާ، ޖާގައިގެ ގޮތުން ދަތި ބަނދަރެކެވެ. އަދި ބަނދަރު ހަލާކުވުމުގެ ސަބަބުން ބަނދަރުން ޚިދުމަތް ހޯދާ ފަރާތްތަކަށް ދަތިތަކާ ދިމާވެއެވެ.

ސަރުކާރުން އަންނަނީ އެމްޓީސީސީއާ ހަވާލުކޮށްގެން ރާއްޖޭގެ އެކި ރަށްރަށުގައި އުމްރާނީ ތަރައްގީގެ ގިނަ އަދަދެއްގެ މަޝްރޫއުތައް ހިންގަމުންނެވެ. މީގެ ތެރޭގައި މަގު ހެދުމާއި އެއަރޕޯޓު ތަރައްގީ ކުރުމާއި ބަނދަރު ތަރައްގީ ކުރުމާއި ބިން ހިއްކުން ފަދަ ބޮޑެތި މަޝްރޫއުތައް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް