ކ. މާލެ
|
14 މެއި 2023 | އާދީއްތަ 14:46
ށ.ފޯކައިދޫ ޞިއްޙީ މަރުކަޒުގެ ބައެއް މަސައްކަތްތައް ކުރުމަށް ބަޔަކާއި ހަވާލުކޮށްފި
ށ.ފޯކައިދޫ ޞިއްޙީ މަރުކަޒުގެ ބައެއް މަސައްކަތްތައް ކުރުމަށް ބަޔަކާއި ހަވާލުކޮށްފި
ޓްވިޓަރ
ށ.ފޯކައިދޫ ޞިއްޙީ މަރުކަޒު
ށ.ފޯކައިދޫ ޞިއްޙީ މަރުކަޒުގެ ބައެއް މަސައްކަތްތައް ކުރުމަށް ބަޔަކާއި ހަވާލުކޮށްފި
 
އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މީހާފް ކޮންސްޓްރަކްޝަން އިންވެސްޓްމަންޓާ

ށ.ފޯކައިދޫ ޞިއްޙީ މަރުކަޒުގެ ބައެއް މަސައްކަތްތައް ކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

އާދިއްތަ ދުވަހު ހަވާލުކޮށްފައި ވަނީ ށ.ފޯކައިދޫ ޞިއްޙީ މަރުކަޒުގެ ވަށާފާރު ރޭނުމާއި، ޞިއްޙީ މަރުކަޒުގައި ކުރަން ހުރި ބައެއް މަސައްކަތްތައް ކުރުމަށެވެ.

އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މީހާފް ކޮންސްޓްރަކްޝަން އިންވެސްޓްމަންޓާއެވެ.

90 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެ މަސައްކަތް ހަވާލުކޮށްފައިވާއިރު، އެ މަސައްކަތުގެ ޖުމްލަ އަގަކީ 791,150.41 ރުފިޔާ (ހަތްލައްކަ ނުވަދިހަ އެއްހާސް އެއްސަތޭކަ ފަންސާސް ރުފިޔާ ސާޅީސް އެއްލާރި)އެވެ.

އެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރު ޢަބްދުލް ޙަންނާނު ޙުސައިންއެވެ. އަދި މީހާފް ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ އޯނަރު މުހައްމަދު ފަހީމްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް