ކ. މާލެ
|
14 މެއި 2023 | އާދީއްތަ 13:49
އިދިކޮޅު ފަރާތްތަކުން ގުޅިގެން ގެންދަނީ ސަރުކާރަށް އެކިކަހަލަ ފުރައްސާރަ ކުރަމުން
އިދިކޮޅު ފަރާތްތަކުން ގުޅިގެން ގެންދަނީ ސަރުކާރަށް އެކިކަހަލަ ފުރައްސާރަ ކުރަމުން
ރާއްޖެއެމްވީ
އިދިކޮޅު ސިޔާސީ ޕާޓީތައް
މަޖިލީހުގެ ޤަވާއިދުގައިވާ ގޮތަށް އިދިކޮޅު ޕާޓީތައް ނިސްބަތްވާ "ގުޅިފައިވާ ޕާޓީތަކުގެ ޕީޖީ ގްރޫޕެއް" އަދި ނެތް
 
ވަކި ފިކުރެއްގެ ދަށުން ޙަރަކާތްތެރިވަމުންދާ ގިނަ މެންބަރުން މިފަހުން ޕާޓީގެ ޕީޖީ ގްރޫޕުގެ ބައްދަލުވުންތަކުގައި ބައިވެރިވެފައެއްވެސް ނުވޭ
 
ބައްދަލުވުން ބޭއްވުމުން ދޭހަވަނީ މަޖިލީހުގެ ކަންކަމުގައި ހަމައެއް ނެތްކަން ކަމަށް މެންބަރުން ވިދާޅުވޭ
 
މަޖިލިސް މެދުވެރިކޮށް ހިންގަން އުޅެނީ ރައްޔިތުންގެ ހިތުގައި ސަރުކާރާމެދު ނަފްރަތު އުފެއްދުމުގެ މަސައްކަތް

މަޖިލީހުގެ ޤަވާއިދުގައި ބުނާ ގޮތުން އިދިކޮޅު ޕާޓީތައް ނިސްބަތްވާ "ގުޅިފައިވާ ޕާޓީތަކުގެ ޕާލިމެންޓަރީ ގްރޫޕެއް" އަދި ނެތްކަމަށް އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީގެ އިތުރުން، އެމްޑީޕީން ވަނީ ގުޅިފައިވާ ޕާލަމެންޓްރީ ގްރޫޕުގެ ނޫސްވެރިންގެ ބައްދަލުވުމެއްކަމަށް ބުނެ، ދާދި ފަހުން މަޖިލީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ބަންޑާރަ ނާއިބު އިބްރާހީމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅޭގޮތުން ވަނީ ވާހަކަ ދައްކާފައެވެ.

އެކަމާ ގުޅޭގޮތުން އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ޤަވާއިދުގައި ބުނާ ގޮތުން އިދިކޮޅުގެ ޕާޓީތައް ނިސްބަތްވާ ގުޅިފައިވާ ޕާޓީތަކުގެ ޕާލިމެންޓަރީ ގްރޫޕެއް އަދި އުފެދިފައިނުވާ ކަމަށެވެ.

މަޖިލިސް ޤަވާއިދުގައި އެހެން ބަޔާންކޮށްފައި އޮއްވައި، ގުޅިފައިވާ ޕާޓީތަކުގެ ޕާލިމެންޓަރީ ގްރޫޕެއްގެ ނޫސްވެރިންގެ ބައްދަލުވުމެއް ކަމަށް ބުނެ، ބައްދަލުވުން ބޭއްވުމުން ދޭހަވަނީ މަޖިލީހުގެ ކަންކަމުގައި ހަމައެއް ނެތްކަން ކަމަށް ރާއްޖެއެމްވީއާ ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވިއެވެ.

އެމްޑީޕީން ވަކިވެ، ވަކި ފިކުރެއްގެ ދަށުން ޙަރަކާތްތެރިވަމުންދާ ގިނަ މެންބަރުން މިފަހުން ޕާޓީގެ ޕީޖީ ގްރޫޕުގެ ބައްދަލުވުންތަކުގައި ބައިވެރިވެފައެއް ވެސް ނުވެއެވެ.

ދިވެހިރާއްޖޭގެ މަސްލަހަތު ދިފާއުކުރައްވައި ބަންޑާރަ ނާއިބު އަދާކުރެއްވި ޒިންމާއާމެދު ސުވާލު އުފައްދައި، އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތްއިރު, މަގާމުން ވަކިކުރުމުގެ ވޯޓު ހުށަހަޅަން އުޅުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ދެކޭ ކަމަށް އެމްޑީޕީން ބުނެއެވެ.

އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރާ ދެކޮޅަށް، އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ރާވައިގެން ހިންގާ ހަރަކާތްތަކުގައި އެ ޕާޓީގެ މެންބަރުން ބައިވެރިވަމުންދާއިރު، އެފަދަ ޙަރަކާތްތަކުގައި ބައިވެރިވުމަކީ ޕާޓީން ވަކި ކުރެވޭނެ ކަމެއްކަމަށް ޕާޓީގެ އަސާސީ ޤަވާއިދުގައި ބުނެއެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދާއި ޕާލިމަންޓަރީ ގްރޫޕްގެ ގަވާއިދާ ޚިލާފަށް, އިދިކޮޅު ފަރާތްތަކާ ގުޅިގެން ހިންގާ ހަރާކާތްތަކުގައި ބައިވެރިވާ މެންބަރުންނާމެދު ފިޔަވަޅު އެޅޭނެ ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.

ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން މަދު ބަޔަކާއެކު ސިލްސިލާކޮށް ކުރަމުންދިޔަ މުޒާހަރާތަކާއި ހިންގި ހަރަކާތްތައް ފެއިލްވުމުން, ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ހިންގަން އުޅެނީ ރައްޔިތުންގެ ހިތުގައި ސަރުކާރާމެދު ނަފްރަތު އުފައްދައި ގައުމުގެ ހަމަޖެހުން ނަގާލައި ބައިބައިކޮށް އަމިއްލަ ސިޔާސީ މަންފާ ހޯދަން ރޭވިގެން ހިންގާ ހަރަކާތެއް ކަމުގައި ދެކޭކަމަށް އެމްޑީޕީން ބުނެއެވެ.

އަދި ގައުމީ މަސްލަހަތާ ގުޅިފައިވާ މައްސަލައެއް އިޓްލޮސްއިން ނިންމި ގޮތުގެ ހަގީގަތް ހާމައަށް ދިވެހި ރައްޔިތުންނަށް ފެންނަން އޮއްވައި, ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ކުރާ މަސައްކަތް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ކާމިޔާބުވިޔަ ނުދޭނެކަމަށް ބުނެފައިވެއެވެ.

ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއުކުރައްވައި ބަންޑާރަ ނާއިބު ކުރެއްވި މަސައްކަތްޕުޅާ ގުޅުވައި ނަގަން އުޅޭ އިތުބާރު ނެތްކަމުގެ ވޯޓާ ދެކޮޅަށް, ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުއާއެކު ރައްޔިތުންގެ މަޖިލީހުގެ އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕް ތިއްބެވި ކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟