Advertisement
ކ. މާލެ
|
14 މެއި 2023 | އާދީއްތަ 17:58
ޝާއިރާ ސަލީމް
ޝާއިރާ ސަލީމް
ރާއްޖެއެމްވީ
އަންހެނުންނަށް ހުރި ފުރުސަތުތައް
ޝާއިރާގެ އިލްތިމާސެއް ވިޔަފާރިވެރިންނަށް- "އަންހެނުންނަށް ފުރުސަތު ދެއްވާ"
އޭނާ ވިދާޅުވީ މިހާރު އަންހެނުންނަށް ވަރަށް ގިނަ ފުރުސަތުތައް އެބަ ހުރި ކަމަށް

އަންހެނުންނަށް އިތުރު ފުރުސަތުތައް ހޯދާދިނުމަށާއި އަންހެނުން ބާރުވެރިކުރުމަށް ފުރުސަތު ދިނުމަށް "ވިމެން އެންޓަޕްރިނިއަ އެސޯސިއޭޝަން އޮފް މޯލްޑިވްސް" (ވިއެމް) ގެ ޗެއަޕާސަން ޝާއިރާ ސަލީމް ޢިލްތިމާސްކުރައްވައިފިއެވެ.

ޝާއިރާ އެފަދައިން އިލްތިމާސްކުރައްވާފައި ވަނީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ބައެއް ވިޔަފާރިތައް ކުރިއެރުވުމަށްޓަކާ ދިމާވާ އެންމެ ބޮޑު ދައްޗަކީ ޖާގައިގެ ދަތިކަން ކަމަށާއި، އެކަން ހައްލުކުރުމަށް ވިޔަފާރިވެރިންނަށް ވަރަށް ރަނގަޅު ދައުރެއް އަދާކުރެވިދާނެ ކަމަށް ޝާއިރާ ވިދާޅުވިއެވެ. އެގޮތުން ކުޑަ ތަންކޮޅެއް ނަމަވެސް އަންހެނުންނަށް ޚާއްސަކޮށް ވިޔަފާރިތަކުން ދޫކުރުމަކީ އަންހެނުން ބާރުވެރިކުރުވުމަށް ލިބޭ ބާރެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަންހެނުން ގިނަ ފަހަރަށް ޝާމިލް ވަނީ ކުދި ވިޔަފާރިތަކުގައި ކަމަށާއި އެ ވިޔަފާރިތަކަށް ބޮޑު އަގެއް ދައްކާފައި ތަނެއް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ޝާއިރާ ވިދާޅުވިއެވެ. އެހެންނަމަވެސް ވިއެމް ކަހަލަ ޖަމިއްޔާއެއް މެދުވެރިކޮށް އެ ފުރުސަތު ހޯދައިދީފި ނަމަ އެކަން ވެގެންދާނީ އަންހެނުންނަށް ލިބޭ ވަރަށް ބޮޑު ފުރުސަތަކަށް ކަމަށާއި އެކަމުގެ ފައިދާ ވަރަށް ގިނަ މީހުންނަށް ލިބޭނެ ކަަމަށެވެ.

Advertisement

އޭނާ ވިދާޅުވީ މިހާރު އަންހެނުންނަށް ވަރަށް ގިނަ ފުރުސަތުތައް އެބަ ހުރި ކަމަށެވެ. އެގޮތުން ވިޔަފާރި އެއް ކުރަން ފެށުމަށާއި ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން މިހާރު އަންހެނުންނަށް ލިބެން އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ލޯނާއި އެހެނިހެން ޒަރީއާތަކުން ފޯރުކޮށްދޭ ލޯނު އެހީ އާއި ވިޔަފާރީގެ މާކެޓް ތަކާއި މީހުން ގުޅުވާދިނުން ފަދަ ކަންކަން ހިމެނޭ ކަމަށް ޝާއިރާ ވިދާޅުވިއެވެ. އެހެންނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ނުހިފޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެފަދަ ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފޭނީ ވިޔަފާރިކުރާ އަންހެނުން އެކަންކަމަށް ދޭން ޖެހޭ ސަމާލުކަން ދީ ޒިންމާ އަދާކޮށްގެން ކަމަށް ވެސް ޝާއިރާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް