ކ. މާލެ
|
12 މެއި 2023 | ހުކުރު 16:29
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)
ރާއްޖެއެމްވީ
ކަރަންޓުގެ ޚިދުމަތްތައް ފުޅާކުރުން
ބެކަޕްގެ ގޮތުގައި ބޭނުން ކުރެވޭނެ އިތުރު ޖަނަރޭޓަރު ސެޓްތައް ނެރުމަށް ދަނީ މަސައްކަތް ކުރަމުން: ސްޓެލްކޯ
ޕަވަރ ސެކިއުރިޓީ ކަސްޓަމަރުންނަށް ކަށަވަރުކޮށްދޭ
ދިމާވާ ޓެކްނިކަލް މައްސަލަތައް މަދުކުރުމަށް ދަނީ މަސައްކަތް ކުރަމުން

މާލެ ސަރަހައްދުގެ ޕަވަރ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށް ބެކަޕްގެ ގޮތުގައި ބޭނުން ކުރެވޭނެ އިތުރު ޖަނަރޭޓަރު ސެޓްތައް ޚިދުމަތަށް ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފްގެ ބެއްލެވުމުގެ ދަށުން ގިނަ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، މާލެ ސަރަހައްދުގެ ޕަވަރ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށް ބެކަޕްގެ ގޮތުގައި ބޭނުން ކުރެވޭނެ އިތުރު ޖަނަރޭޓަރު ސެޓްތައް ޚިދުމަތަށް ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަމާޒަކީ ގްރޭޓާމާލެ ސަރަހައްދު ހިމެނޭހެން ޚިދުމަތް ދެމުންގެންދާ ރަށްތަކުގައި ޖެނެރޭޝަން ކެޕޭސިޓީ އިތުރުކޮށް، ޕަވަރ ސެކިއުރިޓީ ކަސްޓަމަރުންނަށް ކަށަވަރުކޮށްދިނުން ކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި ދިމާވާ ޓެކްނިކަލް މައްސަލަތައް ވީހާވެސް މަދުކޮށް ކަސްޓަމަރުން ހިތްހަމަޖެހޭފަދަ ފުރިހަމަ ޚިދުމަތެއް ދިނުމަކީ ވެސް ސްޓެލްކޯގެ އަމާޒު ކަަމަށް އެކުންފުނިން ބުނެއެވެ.

ސްޓެލްކޯގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު، މާލޭގެ ބައެއް ސަރަހައްދުތަކުގައި ކަރަންޓުގެ ޚިދުމަތް ދިނުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ އާ ޓްރާންސްފޯމަރުތައް ބެހެއްޓުމަށްޓަކައި ބޭނުންވާ ބިން ހޯދުމަށް ސިޓީ ކައުންސިލާއެކު މަޝްވަރާކުރަމުންދާ ކަމަށާއި އެ ބިންތައް ލިބޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް އެމްޑީ ޝަރީފް ވިދާޅުވެފައިވެއެވެ.

ޓްރާންސްފޯމަރު ބަހައްޓަނީ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުންނެވެ. ޓްރާންސްފޯމަރ ބަހައްޓާ ތަންތަނުގެ ތެރޭގައި ހިމެނެނީ ގާކޮށި، ސިނަމާލޭ 2 ގޯތި ތެރޭގައި ހަދާފައިވާ ސަބްސްޓޭޝަނާއި، މަޖީދިއްޔާ ސްކޫލު ކުރިމައްޗަށްވާގޮތަށް ހުރި ޕާކިންޒޯނާއި ދިމާލުގައި ހަދާފައިވާ ސަބްސްޓޭޝަނުގެ އިތުރުން، ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން އޮތް ޕާކިން ޒޯނުގައި ހަދާފައިވާ ސަބްސްޓޭޝަން ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

- ކޮމެންޓް