ކ. މާލެ
|
11 މެއި 2023 | ބުރާސްފަތި 17:50
ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު
ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު
ރައީސް އޮފީސް
ސިއްހީ ޚިދުމަތް ފުޅާކުރުން
މާލެއާ އެއް ފެންވަރަށް އަތޮޅުތެރޭގެ ހޮސްޕިޓަލްތައް ތަރައްގީކުރާނެ، މިދަނީ އައު ޚިދުމަތް ތައާރަފްކުރަމުން: މިއުވާން
 
ރައްޔިތުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ
 
އެޑްވާންސް ވޫންޑް ކެއަރގެ ޚިދުމަތާއި ކީމޯ ތެރަޕީގެ ޚިދުމަތްވެސް ފަށާފައިވޭ
 
ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ލެޕްރޮސްކޯޕިކް ސަރޖަރީގެ ޚިދުމަތް ވަނީ ފަށާފައި

އަމާޒަކީ ސިއްހީ ޚިދުމަތް މާލެއާ އެއްފެންވަރަށް އަތޮޅުތެރޭގައި ގާއިމްކުރެވޭ ހޮސްޕިޓަލްތައް ތަރައްގީކުރުން ކަމަށާއި، މިހާރު ސަރަހައްދީ ހޮސްޕިޓަލްތަކުގައި އާ ޚިދުމަތްތައް ތައާރަފް ކުރެވެމުންދާކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، މިއަހަރު ސިއްހީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. ސިއްހީ ޚިދުމަތްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްގީކުރުމަށް ކުރާ މަސައްކަތުގެ ދަށުން ބައެއް ސަރަހައްދީ ހޮސްޕިޓަލްތަކުގައި އާ ޚިދުމަތްތައް ތަރައްގީކުރަމުން އަންނަކަމަށް މިއުވާން ވިދާޅުވިއެވެ.

މިއަހަރު އެންމެބޮޑު އިސްކަމެއް ދެއްވާނެކަމަކީ ސިއްހީ ދާއިރާގެ ކަންކަން އިތުރަށް ރަނގަޅުކޮށް ސިއްހީދާއިރާ އިތުރަށް ހަރުދަނާކުރެއްވުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި މިއުވާން ވިދާޅުވީ މިއަދު އެކަން ކާމިޔާބު ކަމާއެކު އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުން ފެންނަމުންދާކަމަށެވެ.

އެގޮތުން ސަރަހައްދީ ހޮސްޕިޓަލްތަކުގައި ތައާރަފްކޮށްފައިވާ ބައެއް އާ ޚިދުމަތްތަކަށް އަލިއަޅުއްވާލައްވައި މިއުވާން ވިދާޅުވީ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު ލެޕްރޮސްކޯޕިކް ސާމަރޖަރީގެ ޚިދުމަތާއި، އެޑްވާންސް ވޫންޑް ކެއަރގެ ޚިދުމަތާއި ކީމޯ ތެރަޕީގެ ޚިދުމަތް ފަށާފައިވާކަމަށެވެ. އަދި ކީމޯގެ ޚިދުމަތް މިހާރު ތިނަދޫގައި ފަށާފައިވާކަމަށާއި ލެޕްރޮސްކޯޕިކް ސަރޖަރީ ޚިދުމަތް ފެށުމަށް ބޭނުންވާ މެޝިނަރީތައްވެސް މިހާރު ތިނަދޫގައި ގާއިމުކޮށްފައިވާކަން މިއުވާން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ލެބޯޓްރީ ގާއިމުކޮށްފައިވާ 112 ސިއްހީ މަރުކަޒުން ދޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކަައި، ލޭއެޅުމަށް ބޭނުންވާ ތަކެތި ރަށްރަށާ ހަވާލުކުރުމުގެ މަސައްކަތް ފެށިގެން ކުރިޔަށްދާކަންވެސް މިއުވާން ފާހަގަކުރެއްވިއެވެ.

މިއަހަރު ސިއްހީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އަހަރެއް މާލޭގެ އިތުރުން އެހެން ސަރަހައްދުތަކުގަ، މާލެއެކޭ އެއްފަދައިން ސިއްހީ ޚިދުމަތް ފޯރުކޮށްދީ، ބޭސްފަރުވާއަށް އެތައް ޒަމާންތަކެއް ވަންދެން އުފުލަމުން އައި ތަކުލީފުތައް ނިމުމެއް ގެނައުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެމުން ދާކަމެއް. ސަރަހައްދީ ހޮސްޕިޓަލްތަކުގައި އައު ޚިދުމަތްތައް މިހާރު އެދަނީ ތައާރަފްވަމުން.
ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު

މިއުވާން ވިދާޅުވީ މިޚިދުމަތްތާއެކު އެއަތޮޅުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށާއި، ބޭސްފަރުވާއަށް މާލެ އަންނަން ނުޖެހޭނެ ކަމަށެވެ.

މީގެ އިތުރުން މިއުވާން ވިދާޅުވީ ޕްރައިމަރީ ހެލްތު ކެއަރ ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ޕްރައިމަރީ ހެލްތު ކެއަރ ރަޖިސްޓްރީ މެއި މަހުގެ 05 ދުވަހު ވަނީ އިފްތިތާހް ކޮށްފައިވާކަމަށެވެ. އަދި މި ޚިދުމަތާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް