ކ. މާލެ
|
7 މެއި 2023 | އާދީއްތަ 15:27
މޯލްޑިވިއަންގެ ބޯޓެއް
މޯލްޑިވިއަންގެ ބޯޓެއް
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
މޯލްޑިވިއަން
މޯލްޑިވިއަނުން ދަރަވަންދޫއަށް އަލުން ދަތުރުތައް ފަށަނީ
 
7 މެއިން ފެށިގެން ޓިކެޓު ވިއްކަންފަށާނެ
 
ދުވާލަކު ދަތުރެއް ކުރުމަށް ވަނީ ނިންމާފައި
 
ދަތުރުތައް ފަށާނީ 15 ޖޫންއިން ފެށިގެން

އައިލެންޑް އޭވިއޭޝަންގެ ދަށުން ހިންގާ މޯލްޑިވިއަން އެއަރލައިނުން ބ. ދަރަވަންދޫއަށް އަލުން ދަތުރުތައް ފަށަން ނިންމައިފިއެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ 15 ޖޫންއިން ފެށިގެން ދަރަވަންދޫ ޑޮމެސްޓިކް އެއަރޕޯޓަށް އެތެރޭގެ އުދުހުންތައް އަލުން ފެށުމަށް ހަމަޖެހިފައިވާކަމަށެވެ.

މޯލްޑިވިއަނުން ދަރަވަންދޫއަށް އަލުން ދަތުރުކުރުމަށް ނިންމާފައިވަނީ ދިގު މުއްދަތަކަށް މެދުކަނޑާލުމަށް ފަހުގައެވެ. ދަތުރުތައް އަލުން ފަށާއިރު، ޖެއްސުމަށް ހަމަޖެހިފައިވަނީ ދުވާލަކު ފްލައިޓެއް މޯލްޑިވިއަނުން ބުނެއެވެ.

7 މެއިން ފެށިގެން މި ފްލައިޓުތަކަށް ޓިކެޓު ވިއްކަން ފަށާނެއެވެ. މިގޮތުން މޯލްޑިވިއަންގެ ވެބްސައިޓް، މޯބައިލް އެޕް، ކޯލް ސެންޓަރ އަދި ޓިކެޓް ވިއްކަން ހުއްދަ ދީފައިވާ ފަރާތްތަކަށް މެދުވެރިކޮށް ޓިކެޓް ގަނެވޭނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މޯލްޑިވިއަނުން ދަނީ ރާއްޖޭގެ 16 މަންޒިލަކަށް އެ އެއަރލައިންގެ ދަތުރުތައް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އެމްޑީޕީން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހިންގުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރާނެ: ނިޔާޒު
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ
ތެލަސީމިއާ ޚިދުމަތް ފުޅާކުރުމަށް ޚާއްސަ މަސައްކަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ދެއްވައިފި
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް