Advertisement
ކ. މާލެ
|
9 ޖުލައި 2017 | އާދީއްތަ 00:26
މާފުށީ ޖަލު
މާފުށީ ޖަލު
ގޫގުލް
މާފުށީ ޖަލު
މާފުށީ ޖަލުގައި މާރާމާރީ ހިންގައި ތޫނު އެއްޗަކުން ޤައިދީއަކަށް ހަމަލާދީފި
ހާދިސާ ހިނގީ ޔުނިޓް 9 ގެ ވިންގް 2 ގައި
ހާދިސާ ހިނގިކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައި
ޖަލުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފަ

މާފުށީ ޖަލުގައި މާރާމާރީ ހިންގައި ތޫނު އެއްޗަކުން ޤައިދީއަކަށް ހަމަލާދީފިއެވެ.

ހުކުރު ދުވަހު މި މާރާމާރީ ހިނގާފައިވަނީ، އެ ޖަލުގެ ޔުނިޓް 9 ގެ ވިންގް 2 ގައެވެ. ދެ ޤައިދީންގެ ދެމެދުގައި ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަޚަމް ވެފައިވަނީ އެއް ޤައިދީއެކެވެ.

މި ކަމާއި ގުޅިގެން މާފުށީ ޖަލުގައި އެފަދަ ހާދިސާއެއް ހިނގާފައިވާކަމާއި، އެކަން ތަޙުޤީޤު ކުރަމުންދާކަން ކަށަވަރުކޮށްދެއްވި ނަމަވެސް، މި ހާދިސާ އާއިގުޅޭ އިތުރު ތަފްޞީލެއް ފުލުހުންގެ މީޑީއާ އޮފިސަރ ދެއްވާފައެއް ނުވެއެވެ.

މާރާމާރީގައި ޒަޚަމްވި ޤައިދީއަށް މިހާރު ފަރުވާދީފައި ވީނަމަވެސް، އޭނާއަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއްކަން ރަސްމީ އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ރާއްޖެއެމްވީއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި މާރާމާރީ އާއި ގުޅިގެން، ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގައިވާ ހަމަތަކުގެ މަތިން، ޖަލުގެ ސަލަމާތީ ކަންކަން މިހާރު ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން ޔުނިޓް 9 ގައި ތިބި ހުރިހާ ޤައިދީން ގޮޅިތަކަށްލައި، އެ ސަރަޙައްދުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާއަކީ ފަހަގެ ތާރީޚެއްގައި މިގޮތަށް ހިނގާފައިވާ ފުރަތަމަ ހާދިސާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޝާން އަނީސް
- ކޮމެންޓް