ކ. މާލެ
|
29 ނޮވެންބަރ 2023 | ބުދަ 18:23
އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓަރު، ޑރ. އާއިޝަތު ރަމީލާ
އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓަރު، ޑރ. އާއިޝަތު ރަމީލާ
ފޭސްބުކް
މިނިސްޓަރު ރަމީލާ، ކެންސަރަށް ފަރުވާ ހޯއްދެވުން
މިނިސްޓަރު ރަމީލާ، ކެންސަރުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަނީ
ފަރުވާއަށް ވަޑައިގަންނަވަނީ އިންޑިއާއަށް
ކެންސަރު ޖެހިފައިވާކަން އެނގިވަޑައިގަތީ ކެންސަރުގެ އެންމެ ފަހު ސްޓޭޖުގައި ހުއްޓައި
މިކަން އެނގިވަޑައިގަތީ މިނިސްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން

ކެންސަރުގެ އާލާސްކަންފުޅާ ގުޅިގެން، އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓަރު، ޑރ. އައިޝަތު ރަމީލާ ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ނިންމަވައިފިއެވެ.

ބުދަ ދުވަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ރަމީލާ ވިދާޅުވީ، ކެންސަރު ޖެހިފައިވާތީ ކީމޯއާއި ރޭޑިއޭޝަންގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން ނިންމާފައިވާކަމަށެވެ. އަދި ބަލި ހުރިކަން އެނގިވަޑައިގަތީ ކެންސަރުގެ އެންމެ ފަހު ސްޓޭޖުގައި ހުއްޓައި ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެއީ ކެންސަރުގެ ކޮން ބާވަތެއްކަން މިނިސްޓަރު ރަމީލާ ހާމަކުރައްވާފައެއް ނުވެއެވެ.

Advertisement

މައުލޫމާތު ލިބިފައިވާގޮތުގައި އެކަމަނާ ވަޑައިގަންނަވަނީ އިންޑިޔާއަށެވެ. އަދި ކެންސަރު ހުރިކަން އެނގިވަޑައިގަތީ މިނިސްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން، އިބްރާހީމް ޚަލީލް ވަނީ މިނިސްޓަރު ރަމީލާ ކެންސަރަށް ފަރުވާ ހޯއްދަވަމުން އަންނަކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުރިހާ އެއްބާރުލުމެއް މިނިސްޓަރަށް ދޭނެކަމަށެވެ. މިނިސްޓަރު ރަމީލާ ފަރުވާގައި ހުންނަވާ މުއްދަތުގައި، އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ އިސް މަސްއޫލިއްޔަތުތައް ވަގުތީގޮތުން އެހެން ބޭފުޅަކާ ހަވާލުކުރުމުގެ މަސައްކަތް ރައީސް އޮފީހުން ކުރަމުންދާކަމަށް ޚަލީލު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް