ކ. މާލެ
|
5 މެއި 2023 | ހުކުރު 14:06
ސްޓެލްކޯއާއި އެމްޕީއެލް ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ-ވީއޭއެމް
ސްޓެލްކޯއާއި އެމްޕީއެލް ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ-ވީއޭއެމް
އިންޓަރ އޮފީސް ވޮލީ މުބާރާތް
އެމްޕީއެލް ބަލިކޮށް ސްޓެލްކޯ އުއްމީދުގައި
މިގްރޫޕުން ފުރުޞަތު ބޮޑީ އާބަންކޯއާއި ޕޮލިހަށް

އިންޓަރ އޮފީސް, ކުންފުނިތަކުގެ ވޮލީބޯޅަ މުބާރާތުގައި ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ސްޓެލްކޯއިން ސެމީފައިނަލްގެ ފުރުޞަތު ބޮޑުކޮށްފިއެވެ.

ފަސް ޓީމް ހިމެނޭ ގްރޫޕްގައި ސްޓެލްކޯއިން އެންމެ ފަހުން މޮޅުވީ އެމްޕީއެލް އަތުންނެވެ. ބުރާސްފަތި ދުވަހު ހަވީރު ސްޓެލްކޯއިން މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ތިން ސެޓްގައިވެސް އެމްޕީއެލްއިން ރަނގަޅު ވާދައެއް ކުރިއެވެ. މެޗުގެ ސެޓްތައް ސްޓެލްކޯއިން ގެންދިޔައީ 27-25, 26-24, އަދި 25-23 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސްޓެލްކޯގެ ބިދޭސީ ކުޅުންތެރިޔާ ގަގަންދީޕް ސިންގއެވެ. ސްޓެލްކޯ ވަނީ ފުރަތަމަ މެޗުގައި މޯލްޑިވްސް އެއަޕޯރޓްސް ކޮމްޕެނީ ލިމިޓެޑް އަތުންވެސް މޮޅުވެފައެވެ. އެކަމަކު ދެވަނަ މެޗުގައި ޕޮލިސް ކްލަބް އަތުން ބަލިވިއެވެ.

ސްޓެލްކޯ މެޗުން މޮޅުވިޔަސް މިވަގުތު މިގްރޫޕްގައި ފުރުޞަތު އެންމެ ބޮޑުކޮށް އޮތީ އާބަންކޯއާއި ޕޮލިސް ކްލަބަށެވެ. އާބަންކޯ ވަނީ ކުޅުނު ދެ މެޗުންވެސް މޮޅުވެފައެވެ. ޕޮލިސް ކުޅުނީ އެއް މެޗެވެ. އެމެޗުން މޮޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް