Advertisement
ކ. މާލެ
|
5 މެއި 2023 | ހުކުރު 15:23
އޭލެވެލް ޓޮޕް އެޗީވާސް އެވޯޑް ހަފްލާގެ ތެރެއިން
އޭލެވެލް ޓޮޕް އެޗީވާސް އެވޯޑް ހަފްލާގެ ތެރެއިން
ރައީސް އޮފީސް
ހައި އެޗީވަރސް ސްކޮލަރޝިޕް
ހައި އެޗީވަރސް ސްކޮލަރޝިޕް 2022ށް ކުރިމަތިލާން ހުޅުވާލައިފި
ފުރުސަތު ދެވޭނީ "ނެޝެނަލް ޓްރެއިނިންގް ނީޑްސް ލިސްޓް" ގައި ހިމެނޭ ދާއިރާތަކުން ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމަށް

2022 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ހައި އެޗީވަރސް ސްކޮލަރޝިޕަށް ޝަރުތުހަމަވާ ދަރިވަރުން މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ހުޅުވާލައިފިއެވެ.

މި ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ހައި އެޗީވާރސް ސްކޮލަރޝިޕް އުސޫލުގެ ދަށުން ފުރުޞަތު ދެވޭނީ، މިމިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ނެޝެނަލް ޓްރެއިނިންގް ނީޑްސް ލިސްޓް" ގައި ހިމެނޭ ދާއިރާތަކުން ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމަށެވެ. އަދި ކިޔެވުމުގެ ޚަރަދު، މި ސްކޮލަރޝިޕާބެހޭ އުޞޫލުގައިވާ ގޮތުގެ މަތިން ހަމަޖައްސައިދޭނީ ސަރުކާރުންނެވެ.  

މި ސްކޮލަރޝިޕް ލިބޭ ދަރިވަރުންގެ ޝަރުތުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ސްކޫލް/މަދަރުސާއެއްގެ ދަރިވަރެއްގެ ގޮތުގައި 2022 ވަނަ އަހަރު މަތީ ސާނަވީ އިމްތިޙާން ނުވަތަ ޝަހާދާ ސާނަވީ އިމްތިޙާން ހެދި ދިވެހި ދަރިވަރަކަށް ވުމާއި، "އިސްލާމް" އާއި "ދިވެހި" ހިމެނޭ ގޮތަށް މަތީ ސާނަވީ އިމްތިޙާނުން މަދުވެގެން 5 މާއްދާއިން A ފާސް ހޯދާފައިވުމާއި، ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް ލިބިފައި އޮތުން ހިމެނެއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ކިޔަވަން ފުރުޞަތު ހުޅުވާލާފައިވަނީ ދިވެހިރާއްޖެ، ސާރކްގެ އެހެނިހެން ޤައުމުތައް، މެލޭޝިޔާ، ތައިލެންޑް، ފިލިޕީންސް، ޗައިނާ އަދި އޯއީސީޑީ ޤައުމުތަކެވެ.

Advertisement

މި ސްކޯލަރޝިޕަށް ޝަރުޠު ފުރިހަމަވާ ދަރިވަރުން މި ސްކޮލަރޝިޕްގައި ކިޔެވުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި އެކަމަށް ބޭނުންވާ ލިޔުންތައް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް މައިއެޑިއު ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރޭގައި ޖީ.ސީ.އީ އޭލެވެލް ނުވަތަ ޝަހާދާ ސާނަވީ ސެޓްފިކެޓްތަކުގެ ދެފުށުގެ ކޮޕީ، ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް ލިބިފައި އޮތްކަން އެނގޭ ސެޓްފިކެޓްގެ ދެފުށުގެ ކޮޕީ، މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ދެފުށް ހިމެނޭ ގޮތަށް)، މުއްދަތު ހަމަނުވާ ޕާސްޕޯޓް ޑޭޓާ ޕޭޖްގެ ކޮޕީ، ލިބިފައިވާނަމަ ޔުނިވަރސިޓީން ކަނޑައަޅާފައިވާ ކޯހުގެ ފީ ސްޓްރަކްޗަރ ، ލިބިފައިވާނަމަ އަންކޮންޑިޝަނަލް އޮފަރ ލެޓަރ، އަދި ލިބިފައިވާނަމަ ޔުނިވަރސިޓީ ޕްލޭސްމަންޓާ ގުޅޭ ލިޔުންތަކެވެ.

މި ސްކޮލަރޝިޕްގެ އުޞޫލުގައި އޮންނަ ގޮތުން، ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި މި ފުރުޞަތުގެ ބޭނުން ހިފައި ކިޔަވަން ފަށަން ލާޒިމުކުރާތީ ދަރިވަރުން މިކަން ކުރިއަށް ގެންދިއުން އަވަސްކުރުމަށް ސަމާލުކަން ދިނުމަށް މިނިސްޓްރީ އިން އެދިފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް