Advertisement
ކ. މާލެ
|
5 މެއި 2023 | ހުކުރު 08:46
ކެއަރ ސޮސައިޓީގެ 4 ދަރިވަރަކަށް އިންޓަރންޝިޕް ދިނުން
ކެއަރ ސޮސައިޓީގެ 4 ދަރިވަރަކަށް އިންޓަރންޝިޕް ދިނުން
އެމްއޭސީއެލް
އެމްއޭސީއެލް އިޖުތިމާއީ ޒިންމާ
ކެއަރ ސޮސައިޓީގެ 4 ދަރިވަރަކަށް އެއަރޕޯޓުގައި މަސައްކަތްކޮށް ތަޖުރިބާ ހޯދުމުގެ ފުރުސަތު ދީފި
ކެއަރ ސޮސައިޓީގެ 2 ދަރިވަރެއްގެ އެއް އަހަރުގެ ފީ ވަނީ ސްޕޮންސަރކޮށްދީފައި
އެއަރޕޯޓުގައި ކެއަރ ސޮސައިޓީގެ ފަންޑު ފޮށިތައް ބަހައްޓަން ވަނީ އެއްބަސްވެފައި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކެއަރ ސޮސައިޓީގެ ދަރިވަރުންނަށް ޚާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ފަށައިފިއެވެ.

ކެއާ ސޮސައިޓީއާ ގުޅިގެން އެމްއޭސީއެލް އިން ފެށި އިންޓާންޝިޕް ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ގޮތުން ބުރާސްފަތި ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އިބްރާޙީމް ތޯހާ އަދި ކެއަރ ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރު އަހްމަދު އާތިފް އެވެ.

މި އިންޓާންޝިޕް ޕްރޮގްރާމުގެ ދަށުން ކެއަރ ސޮސައިޓީގެ ހަތަރު ދަރިވަރަކަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ވަނީ ދީފައެވެ. މިފުރުސަތަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އެކުދިންނަކީވެސް މަސައްކަތުގެ މާހައުލުގައި ތަފާތު ދެއްކޭނެ ކުދިންތަކަކަށް ވުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

Advertisement

އިންޓާންޝިޕްގެ އިތުރުން މި އެއްބަސްވުމުގައި ކެއަރ ސޮސައިޓީގައި ވޮކޭޝަންލް ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަކުރަމުންދާ ދަރިވަރަކަށާއި އަދި އެޑިއުކޭޝަން އެންހޭސްމަންޓް ޕްރޮގްރާމް ފުރިހަމަ ކުރަމުންދާ ދަރިވަރަކަށް އެކުދިންގެ އެއް އަހަރުގެ ފީ ސްޕޮންސަރކޮށް ދިނުމަށް އެމްއޭސީއެލްއިން ވަނީ އެއްބަސްވެފައެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކެއަރ ސޮސައިޓީގެ ފަންޑް ފޮށިތައް ބެހެއްޓުމަށް ވެސް އެއްބަސްވެފައިވެއެވެ.

އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ފައިތުވި އަހަރުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އިރު، މިއަހަރުގެ ތެރޭގައި މުޖުތަމައުގެ ލާބައާއި ދެމެހެއްޓެނިވި ތަރައްޤީއާއި ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރާވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް