ކ. މާލެ
|
5 މެއި 2023 | ހުކުރު 07:24
ސަވާރީ ބޯޓުން ސަލާމަތްކުރި 6 މީހުން މާލެ ގެނައުން
ސަވާރީ ބޯޓުން ސަލާމަތްކުރި 6 މީހުން މާލެ ގެނައުން
އެމްއެންޑީއެފް
ސަވާރީ ބޯޓު އަޑިއަށްދިޔުން
ސަވާރީ ބޯޓުން ސަލާމަތްކުރި 6 މީހުން އެމްްއެންޑީއެފް ކޯސްޓްގާޑުން މާލެ ގެނެސްފި
މިމީހުން ފެނުނީ ވ.ފުލިދޫގެ އިރުމަތިން 26 ނޯޓީކަލް މޭލު ބޭރުން، ކަނޑުވެފައިވަނިކޮށް އެމްއެންޑީއެފް ޑޯނިއަރ އެއަރކްރާފްޓަށް

އެމް ސަވާރީ" ބޯޓު އަޑިއަށްދިޔަ ޙާދިސާގައި ކަނޑުވި 6 މީހުން އެމްްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީގައި މާލެ ގެނެސްފިއެވެ.

މިމީހުން ފެނުނީ ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި ވ.ފުލިދޫގެ އިރުމަތިން 26 ނޯޓީކަލް މޭލު ބޭރުން، ކަނޑުވެފައިވަނިކޮށް އެމްއެންޑީއެފް ޑޯނިއަރ އެއަރކްރާފްޓަށެވެ. މި ހަ މީހުން ކޯސްޓްގާޑް ޝިޕް ޣާޒީއަށް ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ހާއިރު ނަގާފައިވާއިރު، 16:30 ހާއިރު ވަނީ ރައްކާތެރިކަމާއެކު ހުޅުމާލެ ގެނެސްދީފައެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ ބޯޓުން ދަތުރުކުރި މީހުން ހުޅުމާލޭގައި ހުންނަ ކޯސްޓްގާޑު ޝިޕުތައް ބަނދަރު ކުރާ ސަރަހައްދަށް ގެނެވުމާއެކު އެމީހުންގެ ހާލު އޮޅުންފިލުއްވާފައެވެ. ހަމައެއާއެކު، އެ މީހުނަށް ޞިއްޙީ އެއްވެސް އިތުރު އެހީތެރިކަމަކަށް ބޭނުންޖެހިދާނެކަމަށް އެމްއެންޑީއެފް މެޑިކަލް ކޯރގެ ޓީމެއްވެސް ވަނީ ހަރަކާތްތެރިވެފައެވެ.

ބޯޓުން ދަތުރުކުރި މީހުން ގާތްގަނޑަކަށް 9 ގަޑިއިރު ކަނޑުވެފައި ތިބިނަމަވެސް، އެންމެންގެ ހާލުވެސް ރަނގަޅެވެ. މިބޯޓުގައި ބިދޭސީންނާއި ދިވެހިން ވެސް ތިބި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް