ކ. މާލެ
|
4 މެއި 2023 | ބުރާސްފަތި 16:16
މީހަކު ކުޑައެއް ނަގައިގެން ސައިކަލުގައި ދަނީ
މީހަކު ކުޑައެއް ނަގައިގެން ސައިކަލުގައި ދަނީ
ޝުއައިބް މުހައްމަދު އިގްބާލް
ހުޅަނގު މޫސުން
ހޫނުގަދަ ދުވަސްތަކަކަށްފަހު ހުޅަނގު މޫސުން ފެށިއްޖެ
ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށިފައިވަނީ މެއި މަހުގެ 3 ވަނަ ދުވަހު
މެދުރާއްޖެތެރެއަށް ހުޅަނގު މޫސުން ފެށިފައިވަނީ މެއި މަހުގެ 4 ވަނަ ދުވަހު

2023 ވަނަ އަހަރުގެ ހުޅަނގު މޫސުން ފެށިއްޖެއެވެ.

ދިވެހިރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އޮންނާނީ، މީލާދީގޮތުން ބަލާއިރު ގާތްގަނޑަކަށް ޖެނުއަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުމަކީ މެއި މަހުން ފެށިގެން ގާތްގަނޑަކަށް ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

ހުޅަނގު މޫސުމުގެ އަސަރުތައް އާންމުގޮތެއްގައި މޭމަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފަށައެވެ. އަދި އޭގެފަހުން މި މޫސުމުގެ އަސަރު މެދުރާއްޖެތެރެއަށް ފޯރައި، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދެއެވެ.

މިއަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށިފައިވަނީ މެއި މަހުގެ 3 ވަނަ ދުވަހުއެވެ. އަދި މެދުރާއްޖެތެރެއަށް ފެށިފައިވަނީ މެއި މަހުގެ 4 ވަނަ ދުވަހުއެވެ.

ހުޅަނގު މޫސުން ފެށުނުކަމަށް ބަލާ މިންގަނޑުގެ ތެރޭގައި ހިމެނެނީ:

ވާރޭ -1 މެއިމަހުގެ ފަހުން ދެކުނު އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އިތުރަށް ވާރޭ ވެހުން، އަދި މި ހާލަތު ވިދިވިދިގެން 2 ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުން.

ވައި -ވައިގެ މިސްރާބު ހުޅަނގު ދެކުނާ ހުޅަނގާ ދެމެދު ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރުމިނުގައި ޖެހުން، އަދި މި ހާލަތު ވިދިވިދިގެން 2 ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުން.

ހުޅަނގު މޫސުން ގޯސްވެ ދިމާވެދާނެ ކަންތައްތަކަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް