ކ. މާލެ
|
28 މެއި 2024 | އަންގާރަ 18:33
ހުޅަނގު މޫސުމުގެ ބާރު ގަދަވެ މޫސުން ގޯސްވާނެކަމަށް މެޓުން ވަނީ ބުނެފައި
ހުޅަނގު މޫސުމުގެ ބާރު ގަދަވެ މޫސުން ގޯސްވާނެކަމަށް މެޓުން ވަނީ ބުނެފައި
ރާއްޖެއެމްވީ
މޫސުން
ކުރިއަށް އޮތް 3 ދުވަހު ވެސް މޫސުން ގޯސް
ކަނޑުތައް ވަރަށް ގަދަވާނެ
ވިލާގަނޑުގައި ގަޑިަކު 45 މޭލާ 55 މޭލާ ދެމެދު ބާރުމިނަށް ވައިގަދަވާނެ

ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް 3 ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން އަންގާރަ ދުވަހު ބުނެފައިވަނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ ސަރަހައްދަށް، ގަދަ ވަޔާއެކު ވިއްސާރަ ކޮށް، އާންމު ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިަކު 45 މޭލާ 55 މޭލާ ދެމެދު ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ހުރިހާ ފާރަތްތަކުން، ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭވެހި، ވައިގަދަވެ، ކަނޑުތައް ގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ ހުރިހާ ނުރައްކާތަކުން ސަލާމަތް ވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިރުޝާދު ދީފައެވެ.

- ކޮމެންޓް