Advertisement
ކ. މާލެ
|
4 މެއި 2023 | ބުރާސްފަތި 14:40
ނ މާޅެންދޫގެ ލަފާ ފުރުމުގެ ދަތިކަން ޙައްލު ކުރުމުގެ ޕްރޮޖެކްޓް އެމްޓީސީސީއާ ޙަވާލު ކުރުން
ނ މާޅެންދޫގެ ލަފާ ފުރުމުގެ ދަތިކަން ޙައްލު ކުރުމުގެ ޕްރޮޖެކްޓް އެމްޓީސީސީއާ ޙަވާލު ކުރުން
ޕްލޭނިން މިނިސްޓްރީ
ނ މާޅެންދޫ ޖެޓީ
ނ މާޅެންދޫގެ ލަފާ ފުރުމުގެ ދަތިކަން ޙައްލު ކުރަން އެމްޓީސީސީއަށް
މި މަސައްކަތް ނިންމުމަށް ދީފައިވަނީ 270 ދުވަހުގެ މުއްދަތެއް
މަސައްކަތުގެ އަގަކީ 34 މިލިއަން ރުފިޔާ
ނ މާޅެންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްވެސް ވަނީ ޙަވާލުކޮށްފައި

ނ މާޅެންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ލަފާ ފުރުމުގެ ދަތިކަން ޙައްލު ކުރަން އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ޕްލޭނިންގ މިނިސްޓްރީން ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އެގޮތުން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ.

އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ.

މި މަސައްކަތް ނިންމުމަށް ދީފައިވަނީ 270 ދުވަހުގެ މުއްދަތެކެވެ. މަސައްކަތުގެ އަގަކީ 34 މިލިއަން ރުފިޔާއެވެ.

Advertisement

ޕްލޭނިންގ މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ ދަށުން ނ މާޅެންދޫގައި ފާހަގަ ކުރެވިފައިވާ ރަށް ގިރުމުގެ މައްސަލަ ޙައްލު ކުރުމަށްޓަކައި ތޮށި ލުމާއި، ލަފާ ފުރުމުގައި ދިމާވާ ދަތިތަކަށް ޙައްލު ހޯދުމުގެ ގޮތުން ހުޅަނގު ފަރާތުގައި ޖެޓީ ޤާއިމު ކުުރުމުގެ މަސައްކަތް ވަނީ ޙަވާލުކޮށްފައެވެ.

އެ މަސައްކަތުގެ ތެރެއިން އަލަށް ހަދާ ޖެޓީހެ ބޭސިން ފުން ކުރުމާއި، 15 މީޓަރު ބޮޑު ހިލައިގެ ގްރޮއިން ޖެހުމާއި، 73 މީޓަރު ބޮޑު ހިލައިގެ ބޭރު ތޮށި ޖެހުން ހިމެނެއެވެ.

އަދި 386 މީޓަރު ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 175 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓު ޖެހުމާއި، 47 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި، މަގުބައްތި ހަރުކުރުންވެސް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް