ކ. މާލެ
|
4 މެއި 2023 | ބުރާސްފަތި 10:51
ނައިބްރައީސް ސީއެޗްއެސްސީއާއި ސަލާހުއްދީން ސްކޫލުގެ މަސައްކަތްތައް ބައްލަވާލައްވަނީ
ނައިބްރައީސް ސީއެޗްއެސްސީއާއި ސަލާހުއްދީން ސްކޫލުގެ މަސައްކަތްތައް ބައްލަވާލައްވަނީ
ރައީސް އޮފީސް
ސީއެޗްއެސްސީގެ މަސައްކަތްތައް
ސީއެޗްއެސްސީއާއި ސަލާހުއްދީންގެ މަސައްކަތްތައް ނައިބްރައީސް ބައްލަވާލައްވައިފި
 
ސީއެޗްއެސްސީގެ އައު އިމާރާތަކީ 8 ބުރީގެ ތަނެއް

ސަރުކާރުން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ 2 ސްކޫލެއްގެ މަސައްކަތް ނައިބްރައީސް ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.

ނައިބްރައީސް ފައިސަލް ނަސީމް ހުޅުމާލެއަށް ވަޑައިގެން ބައްލަވާލައްވާފައިވަނީ، ހުޅުމާލެ ފުރަތަމަ ފޭސްގައި ތަރައްގީކުރަމުން އަންނަ ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްސީ) އަދި ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުން އަންނަ ސަލާހުއްދީން ސްކޫލުގެ މަސައްކަތެވެ.

ނައިބްރައީސް މި 2 ސްކޫލުގެ މަސައްކަތް ބައްލަވާލައްވަން ވަޑައިގެންނެވި އިރު، އަރިހުގައި އެޑިއުކޭޝަން މިނިސްޓްރަުގެ އިތުރުން، މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ސީއެޗްއެސްސީ ހުޅުމާލެއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވަނި، އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުންނެވެ. ސީއެޗްއެސްސީގެ އައު އިމާރާތް ހުންނަނީ ހުޅުމާލެ އައުޓްޑޯ ސްޕޯޓްސް ކޮމްޕްލެކްސް ފުރަގަހުގައެވެ. މިއީ 8 ފަންގިފިލާގެ އިމާރާތެކެވެ.

މީގެ އިތުރުން ހިޔާ ޓަވަރުތައް ކައިރީގައި އިމާރާތްކުރަމުންދާ ސަލާހުއްދީން ސްކޫލުގެ މަސައްކަތް ވެސް ނައިބްރައީސް ބައްލަވާލެއްވިއެވެ. 6 ފަންގިފިލާއަށް އިމާރާތްކުރާ މި ސްކޫލަކީ 118 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރާ ތަނެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި