Advertisement
ކ. މާލެ
|
4 މެއި 2023 | ބުރާސްފަތި 01:00
ރައީސްގެ ދެކަނބަލުން ފުރާވަޑައިގަތުން
ރައީސްގެ ދެކަނބަލުން ފުރާވަޑައިގަތުން
ރައީސް އޮފީސް
ރައީސްގެ ދެކަނބަލުން އިނގިރޭސިވިލާތަށް
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިނގިރޭސިވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި
ރަސްގެފާނު ޗާލްސް ރަސްކަމާއި ރަސްމީ ގޮތުން ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ ހަވަނަ ދުވަހު

ރަސްމީ ދަތުރުފުޅެއްގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މިދަތުރުފުޅަކީ، އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނަ، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރަސްގެފާނު ޗާލްސް ރަސްކަމާއި ރަސްމީ ގޮތުން ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ ހަވަނަ ދުވަހުއެވެ.

މީގެ އިތުރުން މި ދަތުރުފުޅުގެ ތެރެއިން ކޮމަންވެލްތުގެ ލީޑަރުންގެ އިވެންޓެއްގައި ރައީސް ބައިވެރިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

Advertisement

ޗާލްސް ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތުގައި ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވެވަޑައިގަންނަވާފައި ވަނީ 2022 ސެޕްޓެމްބަރ 8ގައެވެ. އަދި ރާނީގެ ޖަނާޒާގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ދެކަނބަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް