ކ. މާލެ
|
3 މެއި 2023 | ބުދަ 22:02
ފަން އަޒުލް ފްލީޓް ސަފާރީގެ ދިވެހި ޑައިވަރުން ފެހުރިހި ސަލާމަތް ކުރަނީ
ފެހުރިހި ސަލާމަތްކުރުން
ބޮޑު ސިންގާ ވަލަކުން ބަނދެފައި އޮތް ފެހުރިއްސެއް ސަލާމަތްކޮށްފި
 
3 ދިވެހި ޑައިވަރުންނާއި، ސަފާރީގައި އެވަގުތު ތިބި 12 ޑައިވަރުން ހަރަކާތްތެރިވި

ބޮޑު ސިންގާ ވަލަކުން ބަނދެފައި އޮތް ފެހުރިއްސެއް ބަޔަކު ސަލާމަތްކޮށްފިއެވެ.

މި ފެހުރިހި ސަލާމަތްކޮށްފައިވަނީ ތ. އަތޮޅު ފަހަލަ ކައިރިންނެވެ. ފެހުރިހި ބޮލުގައި އެޅިފައި އޮތް ވާ ކަފާލާ ނެގުމުގެ މަސައްކަތް ކުރީ ފަން އަޒުލް ފްލީޓް ސަފާރީގެ ދިވެހި ޑައިވަރުންނެވެ.

ޑައިވަރުން ބުނެފައިވަނީ ފެހުރިހީގައި ވާ އޮތީ އައްސާފައި ކަމަށެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ވާ އޭތީގެ ބޮލުގައި އައްސާފައި ހުރި ތަންތަން ހުރީ ކަނޑައިގެން ގޮސްފައެވެ.

ޑައިވަރުން ބުނެފައިވަނީ ފެހުރިހި ބަނދެފައި އޮތް ވާ ނައްޓަން ގާތްގަނޑަކަށް 35 މިނެޓުގެ ވަގުތެއް ހޭދަވިކަމަށެވެ.

މި މަސައްކަތުގައި 3 ދިވެހި ޑައިވަރުންނާއި، ސަފާރީގައި އެވަގުތު ތިބި 12 ޑައިވަރުން ވަނީ ހަރަކާތްތެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
10%
0%
30%
20%
10%
30%
ކޮމެންޓް