ކ. މާލެ
|
3 މެއި 2023 | ބުދަ 07:21
ސްޕޭސް ފޯ އައިލެންޑް ނޭޝަންސް ކޮންފަރެންސް
ސްޕޭސް ފޯ އައިލެންޑް ނޭޝަންސް ކޮންފަރެންސް
ރާއްޖެއެމްވީ
ސްޕޭސް ފޯ އައިލެންޑް ނޭޝަންސް
ދުނިޔޭގެ ސްޕޭސް އެންޑް ކްލައިމެޓް މާހިރުން ބައިވެރިވާ ސްޕޭސް ފޯ އައިލެންޑް ނޭޝަންސް ކޮންފަރެންސް ފަށައިފި
10 ޕެނަލް ޑިސްކަޝަން، ތިން ނެޓްވޯކިން ރިސެޕްޝަން އަދި އޯޕަން ޓްރެކްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވޭ

މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އެމްއެސްއާރުއޯ) އިން ސްޕޭސް ފޯ އައިލެންޑް ނޭޝަންސް ކޮންފަރެންސް (އެސްއައިއެންސީ) ފަށައިފިއެވެ.

އެސްއައިއެންސީއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގާތްގަނޑަކަށް 100 މަންދޫބުން އަދި ފަންނީ މާހިރުންނާއި ދިވެހި ޒުވާނުންނަށް މަރުހަބާ ކިޔާ ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ހާއްސަ ބައްދަލުވުމެކެވެ.

އެސްއައިއެންސީގައި 30 ފަންނީ މާހިރުންގެ ވާހަކަދެއްކުމަށް ހަމަޖެހިފައިވާ އިރު، 10 ޕެނަލް ޑިސްކަޝަން، ތިން ނެޓްވޯކިން ރިސެޕްޝަން އަދި އޯޕަން ޓްރެކްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖައްވީ ސިނާއަތުގައި ބައިވެރިވާ ފަރާތްތަކަށް ރާއްޖޭގެ ސިޔާސަތުތަކާއި ނިންމުންތައް ނިންމާ ފަރާތްތަކާއި ޒުވާނުން ގުޅާލާ ބައްދަލުވުމެއްގެ ގޮތުގައެވެ. މިގޮތުން ރާއްޖޭގައި މި ދާއިރާއާއި ގުޅުން ހުރި ޓެކްނޮލޮޖީ، ވިޔަފާރި އަދި ތައުލީމާއި ތަމްރީންގެ ފުރުސަތުތައް އިތުރަށް ފުޅާކުރުމަކީ އެމްއެސްއާރުއޯގެ ހާއްސަ މަގްސަދެކެވެ.

އެމްއެސްއާރުއޯގެ ރައީސް މާދިން މަސީހު ވިދާޅުވީ، ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖައްވީ ކޮންފަރެންސެއް ބޭއްވުމަކީ ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. އުއްމީދަކީ ޒަމާނުއްސުރެ ދިވެހިން މިސްރާބު ބަލަމުން އަންނަ ތަރިތައް އަދި ޖައްވަށް އަލުން އުންމީދުގެ ނަޒަރަކުން އަދި ސައިންސެގެ ވިސްނުމަކުން ބަލައި ޖައްވީ ސިނާއަތަށް ދިވެހި އިލްމީ ޒުވާނުން ނުކުމެ ޖައްވުގެ ޓެކްނޮލޮޖީ އަދި ފުރުސަތުތަކުން ރާއްޖެއަށް ބިނާކުރަނިވި އީޖާދީ ހައްލު ހޯދައި މޫސުމީ ވިލުންވެރިކަން ހަރުދަނާކޮށް އަދި މިދާއިރާއިން ނަފާ ލިބިގަތުން ކަމަށެވެ.

އަދި އެހެން ޖަޒީރާ ޤައުމުތަކާއި ވެސް މިހާރަށްވުރެ ގާތުން މަސައްކަތްކޮށް، އެކަކު އަނެކަކުގެ ކިބައިން ޢިބްރަތް ޙާޞިލުކޮށް ހިއްވަރު ހޯދާ، ޖައްވުގެ ޒަރިއްޔާއިން ކުރިއެރުމަށް ބާރުއެޅުން ކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް