"ރެފްކޫލް ރޯދަމަސް 2023" ގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ލަކީޑްރޯ ނަގައިފިއެވެ.
މި ޕްރޮމޯޝަން ކުރިއަށްގެންގޮސްފައިވަނީ 21 ޖެނުއަރީ 2023ން 20 އޭޕްރީލް 2023ށެވެ. މި ޕްރޮމޯޝަންގެ ލަކީޑްރޯ ނަގާފައިވަނީ އޭޕްރީލް 30ގައެވެ. ލަކީގްރޯ ނަންގަވައިދެއްވީ ރެފްކޫލްގެ ޑިރެކްޓަރ މުހުސިން އަބްދުﷲ މޫސާއެވެ.
ޕްރޮމޯޝަންގައި އެއްވަނައަށް ހޮވުނު ފަރާތަަށް ވަނީ ސީޒަން ޕެރަޑައިސް ހޮޓެލްގައި 2 މީހަކަށް 2 ދުވަހުގެ ދަތުރެއް ދީފައެވެ. ދެވަނައަށް ހޮވުނު ފަރާތަށް 9000 ބީޓީޔޫގެ ގްރީ އޭސީއެއް ދީފައިވާއިރު، ތިންވަނައަށް ހޮވުނު ފަރާތަށް ވަނީ 32 އިންޗީގެ ޖޭވް ސްމާރޓް އެންޑްރޮއިޑް ޓީވީއެއް ދީފައެވެ.
މި ޕްރޮމޯޝަންގައި 50 އިންސައްތައާ ހަމައަށް ހޯމް އެޕްލައިންސްތަކުން ޑިސްކައުންޓް ދީފައިވެއެވެ. އަދި އޭސީ ގަތުމުން ހިލޭ އިންސްޓޯލް ކޮށްދީފައިވެއެވެ. އަދި ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިފައިވެއެވެ.