ކ. މާލެ
|
1 މެއި 2023 | ހޯމަ 07:26
ރަންތާޖު ޤުރުއާން މުބާރާތް
ރަންތާޖު ޤުރުއާން މުބާރާތް
އަބީދު
ރަންތާޖު ޤުރުއާން މުބާރާތް
ރަންތާޖު ޤުރުއާން މުބާރާތަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު އެއް މުބާރާތް: ރައީސް
 
ރަންތާޖު ޤުރުއާން މުބާރާތާއެކު ދިވެހިންގެ މެދުގައި ރާއްޖެޓީވީއަށް އޮތް ގަދަރު އިތުރުވެގެން ގޮސްފައިވާ ކަމަށް ވިދާޅުވި
 
ރަންތާޖުގެ ބައިވެރިންގެ ތެރެއިން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރެވޭނެ ގާރީންނާއި ހާފިޒުންނަށް އިތުރު ތަމްރީނުދިނުމަށް ރައީސް އިލްތިމާސްކުރެއްވި
 
މި މުބާރާތުން އެނގިގެންދިޔައީ ކީރިތި ޤުރުއާނަށް ލޯބި ކުރާ ދެ ޖިންސުގެ ވަރަށް ގިނަ މީހުން އެބަތިބިކަން

ޔޫތު މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ އަދި ރާއްޖެ ޓީވީ ގުޅިގެން މިއަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ "ރަންތާޖު" ޤުރުއާން މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ކާމިޔާބު އަދި އެންމެ ފުރިހަމަ ޤުރުއާން މުބާރާތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރަންތާޖު ޤުރުއާން މުބާރާތުގެ ގްރޭންޑް ފިނާލޭ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި މުބާރާތުން އެނގިގެންދިޔައީ ކީރިތި ޤުރުއާނަށް ލޯބި ކުރާ ދެ ޖިންސުގެ ވަރަށް ގިނަ މީހުން އެބަތިބިކަން ކަމަށެވެ. އަދި ޤުރުއާން ކިޔެވުމުގެ ހުނަރާއި ފަންނު ލިބިފައިވާ ވަރަށްގިނަ ޒުވާނުންތަކެއް ރާއްޖޭގައި އެބަތިބިކަން ވެސް މި މުބާރާތުގެ ޒަރީއާއިން ސާބިތުވެއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޤުރުއާނަށް ލޯބިކުރާ ގިނަ ޒުވާނުން ތިބިއިރު އެ ޒުވާނުންނަށް ބޭނުންވަނީ އިތުރު ތަމްރީނާއި ތަޖުރިބާ ކަމަށެވެ. މިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ތަމްރީނު ފޯރުކޮށްދެވުމުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރަންވަނަ ހާސިލުކުރާނެ ޤާރީންނާއި ހާފިޒުން އުފެދިގެންދާނެ ކަމަށެވެ. އަދި ރަންތާޖުގެ ބައިވެރިންގެ ތެރެއިން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރެވޭނެ ގާރީންނާއި ހާފިޒުން، ފަނޑިޔާރުންނަށް އެނގޭނެ ކަމަށާއި އެ ފަރާތްތަކަށް އިތުރު ތަމްރީނުދީ އެފަދަ މުބާރާތްތަކުގައި ބައިވެރިކުރުވުމަށް ރައީސް ވަނީ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.

މި މުބާރާތުގައި ވާދަކުރި ބައިވެރިންގެ ތެރެއިން އެފަދަ (ބައިނަލްއަގުވާމީ) މުބާރާތްތަކުގައި ވާދަކުރެވޭނެ ޤާރީންނާއި ހާފިޒުންނަކީ ކޮބައިކަން، މިހާރު ފަނޑިޔާރުންނަށް އެނގިވަޑައިގަންނަވާނެ. އެފަދަ ޤާރީންނާއި ހާފިޒުންނަށް އިތުރު ތަމްރީނާ ދީ، އިތުރު ތަޖުރިބާތައް ހޯދައިދީގެން ކުރިއަށް ހުރި ބައިނަލްއަގުވާމީ މުބާރާތްތަކަށް ތައްޔާރުވުމަށް ކަމާ ބެހޭ އިދާރާތަކަށް އަޅުގަނޑު އިލްތިމާސްކުރަން. މިކަމުގައި ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު

ރަންތާޖު ޤުރުއާން މުބާރާތަކީ ވަރަށް މާތް މަގުސަދެއް ހާސިލު ކުރުމަށް ކުރިއަށްގެންދިޔަ މުބާރާތެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ބައިވެރިންނަށް ތަމްރީނުތައް ދީފައިވުމުން މުބާރާތުގެ ފެންވަރު ވަރަށް ބޮޑަށް މަތިވެފައިވާ ކަމަށެވެ. އަދި ޤުރުއާނުގެ ޢިލްމުގެ ބަޔާއި ތަފްސީރުގެ ބައި ހިމެނިފައި އޮތުމަކީ ވެސް މުބާރާތުގެ މަތިވެރިކަން އިތުރުވެގެންދާ ސަބަބެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރަންތާޖު ފަދަ ޤުރުއާން މުބާރާތެއް ފުރިހަމަކަމާއެކު ގެނެސްދީފައިވާތީ ރައީސް ވަނީ "ރާއްޖެޓީވީ"ގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ރާއްޖެޓީވީ އަކީ ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގެ ދާއިރާއިން ރައްޔިތުންގެ މެދުގައި އިތުބާރާއި މަގުބޫލުކަން ހޯދާފައިވާ މީޑިއާއެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ރަންތާޖު ޤުރުއާން މުބާރާތާއެކު ދިވެހިންގެ މެދުގައި ރާއްޖެޓީވީއަށް އޮތް ގަދަރު އިތުރުވެގެން ގޮސްފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.

ރާއްޖެޓީވީއަކީ ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު އިތުބާރަކާއި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މީޑިއާއެއް. އަދި ކީރިތި ޤުރުއާން ކިޔެވުމުގެ މިހާ ފުރިހަމަ މުބާރާތެއް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމާއެކު ރައްޔިތުންގެ ހިތްތަކުގައި ރާއްޖެޓީވީއަށް ހާއްސަ ގަދަރެއް ދެވިފައިވާ ކަމަށް އަޅުގަނޑު ގަބޫލު ކުރަން. މިއީވެސް ރައްޔިތުންނައްޓަކައި ތިޔަބޭފުޅުން ކޮށްދެއްވާ އަގުހުރި ޚިދުމަތެއް،
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު

މުބާރާތުގެ ބައިވެރިންނާ މުޚާތަބު ކުރައްވައި، ރައީސް ވަނީ ކީރިތި ޤުރުއާން ކިޔެވުމާއި ހިތުދަސްކުރުމަކީ ހަމައެކަނި މުބާރާތްތަކުގައި ވާދަކޮށް ރަންވަނަ ހާސިލުކުރުމަށް ކުރާ ކަމަކަށް ނުހެދުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
50%
0%
50%
ކޮމެންޓް