ކ. މާލެ
|
30 އޭޕްރިލް 2023 | އާދީއްތަ 14:48
ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް
ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް
ރާއްޖެއެމްވީ
ރާއްޖެ-މޮރިޝަސް ބޯޑަރު
ސިފައިން ރެޔާއި ދުވާލު މަސައްކަތް ކުރާނީ ދީނާއި ޤައުމަށްޓަކައި: ވައިސް ޗީފް
ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ ޒިންމާއަކީވެސް ސިފައިންގެ މައްޗަށް މަތިކޮށްފައިވާ ޒިންމާއެއް
ބޯޑަރު ކަނޑައެޅުމުގެ މައްސަލަ ނިމިގެންދިޔައިރު ސާފުކޮށް ސަރަޙައްދީ އިން ވަކި ކުރެވިފައިވޭ
ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ މަސްއޫލިއްޔަތު އަދާކުރުމަށް އިތުރު ލުއިފަސޭހައެއް ލިބިގެންގޮސްފައިވޭ

ސިފައިން ރެޔާއި ދުވާލު މަސައްކަތް ކުރާނީ ދީނާއި ޤައުމަށްޓަކައި ކަމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވައިސް ޗީފް ވިދާޅުވީ، ޤައުމީ ދިފާއީ ބާރަށް މަތިކޮށްފައިވާ ޒިންމާ އަބަދުވެސް އެންމެ ފުރިހަމައަށް އަދާ ކުރުމަށްޓަކައި، ޤައުމީ ވާޖިބު އަދާ ކުރުމުގައި ސިފައިން ދެމިތިބޭނެ ކަމަށެވެ.

އެކަމަށްޓަކައި ސިފައިންނަށް މަތިކޮށްފައިވާ ޒިންމާއަކީ ކޮބައިކަން ސާފުކަމާއެކު އެނގެން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ބަލާއިރު، ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ ޒިންމާއަކީވެސް ސިފައިންގެ މައްޗަށް މަތިކޮށްފައިވާ ޒިންމާއެއްކަން ފާހަގަ ކުރައްވައި ވައިސް ޗީފް ވިދާޅުވީ، ރާއްޖޭގެ ސަރަޙައްދަކީ ކޮބައިކަން ސާފުކޮށް ކަނޑައެޅިގެން ދިއުމުން އެކަމުގައި އިތުރަށް ފަސޭހަވެގެން ގޮސްފައިވާ ކަމަށެވެ.

މިހާރު އަޅުގަނޑުމެންނަށް އެބައެނގޭ އަޅުގަނޑުމެންގެ ވަށައިގެންވާ ސަރަޙައްދުގެ އިމަކީ ކޮބައިކަން
ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް

ރާއްޖެ މޮރިޝަސް ބޯޑަރު ކަނޑައެޅުމުގެ މައްސަލަ ނިމިގެންދިޔައިރު ސާފުކޮށް ސަރަޙައްދީ އިން ވަކި ކުރެވިފައިވާކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އެއްވެސް ސުވާލެއް ނެތި ސިފައިން އަދާ ކުރަންޖެހޭ ޒިންމާ އިތުރަށް ސާފުވެގެން ގޮސްފައިވާ ކަަމަށެވެ. 

އޭގެ އިތުރުން، ދިވެހި ސިފައިންނަކީ އަދާކުރަންޖެހޭ ޒިންމާ އަބަދުވެސް އެންމެ ފުރިހަމައަށް އަދާކުރުންމަތީ ދެމިތިބޭ ބައެއްކަން ފާހަގަ ކުރައްވައި ވައިސް ޗީފް ވަނީ ނޮވެމްބަރު 3 ގެ ޙާދިސާއަށްވެސް އަލިއަޅުވާލައްވާފައެވެ.

އޭގެ މިސާލެއް ނޮވެމްބަރު 3 ގެ ޙާދިސާ އެއީ، ސިފައިން ލެޔާއި ފުރާނައިން ޤުރުބާންވި އިސްލާމް ދީނާއި ޤައުމަށްޓަކާ، ކުރިއަށް އޮތް ތަނުގައިވެސް އިރާދަކުރެއްވިއްޔާ ސިފައިން ތިބޭނީ ސިފައިންނަށް ޙަވާލުވެފައިވާ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރުމަށްޓަކައި ރެޔާއި ދުވާލު އަބަދުވެސް ތައްޔާރަށް
ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް

ރާއްޖޭގެ ސަރަހައްދީ އިން ވަކިކުރުމުގައި ހުކުރު ދުވަހު އިޓްލޮސް އިން ނިންމި ނިންމުމާއެކު ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ މަސްއޫލިއްޔަތު އަދާކުރުމަށް އިތުރު ލުއިފަސޭހައެއް ލިބިގެންގޮސްފައިވާކަމަށް އެމްއެންޑީއެފުން ފާހަގަ ކުރެއެވެ.

- ކޮމެންޓް