ކ. މާލެ
|
30 އޭޕްރިލް 2023 | އާދީއްތަ 02:24
މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް
މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް
ރާއްޖެއެމްވީ
ޗާގޯސް މައްސަލަ
އިން ވަކިކުރެވުމުން ދިފާއީ ބާރުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ލުއި ލިބިއްޖެ: ޝަމާލް
މި ނިންމުމާއެކު މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި އޮތުމަށް ބޭނުންވާ ހުރިހާ ސިފަތަކެއް ފުރިހަމަވެގެންގޮސްފި
ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވަނީ ދިފާއީ ބާރާ
އިން ވަކިކުރެވުމަކީ ދިވެހި ދައުލަތަށް ލިބިގެންދިޔަ ކުރިއެރުމެއް

ރާއްޖޭގެ ސަރަހައްދީ އިން ވަކިކުރުމުގައި ހުކުރު ދުވަހު އިޓްލޮސް އިން ނިންމި ނިންމުމާއެކު ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ މަސްއޫލިއްޔަތު އަދާކުރުމަށް އިތުރު ލުއިފަސޭހައެއް ލިބިގެންގޮސްފައިވާކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ބެހުމުގެ މައްސަލާގައި، ރާއްޖެއަށް ބައެއް ލިބޭގޮތަށް އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ވަނީ ނިންމާފައެވެ.

މި ނިންމުމާއި ގުޅިގެން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ މި ނިންމުމާއެކު މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި އޮތުމަށް ބޭނުންވާ ހުރިހާ ސިފަތަކެއް ފުރިހަމަވެގެންގޮސްފައިވާކަމަށާއި، މިއީ ތާރީޚީ ދުވަހެއް ކަމަށެވެ.

1965 އިން ފެށިގެން ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެއްކަން ފާހަގަކުރައްވައި ޝަމާލް ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރަހައްދާއި ޚާއްސަ އިގްތިސާދީ ސަރަހައްދު ހިމާޔަތްކޮށް ބެލެހެއްޓުމުގެ ޒިންމާ ގާނޫނު އަސާސީން ދިފާއީ ބާރަށް މަތިކޮށްފައިވާކަމަށެވެ. މިފަދަ ބޮޑު ޒިންމާއެއް އުފުލާއިރު ފުށުއަރާ ސަރަހައްދެއް އޮތުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ޝަމާލް ވިދާޅުވިއެވެ. އެހެންކަމުން އިމަށް ފާރަވެރިވާން ޖެހޭ ބައެއްގެ ހައިސިއްޔަތުން އިޓްލޮސްގެ މި ނިންމުމަކީ ގައުމީ ދިފާއީ ބާރަށް ވެސް ލިބުނު ކުރިއެރުމަކާއި ލުއިފަސޭހައެއް ކަމަށް ޝަމާލް ވިދާޅުވިއެވެ.

މީގެ އިތުރުން މި މައްސަލަ ނިމިގެން ދިއުމަކީ ދިވެހި ދައުލަތަށް ވެސް ލިބިގެންދިޔަ ކުރިއެރުމެއްކަން ޝަމާލް ފާހަގަކުރެއްވިއެވެ.

ވަރަށް ގިނަ މަސައްކަތްތަކެއް ދިވެހި ދައުލަތުން ކުރައްވަމުން މިގެންދެވީ. 1992 ހިސާބުގައިވެސް މިކަން ހައްލުކުރުމަށްޓަކައި އިނގެރޭސީންނާވެސް މަޝްވަރާކުރައްވާފައިވަނީ. ގިނަ މަސައްކަތްތަކެއް ކޮށްގެން މިކަން ކާމިޔާބުވެގެން މިދިޔައީ. އަޅުގަނޑުމެންގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އިމަށް ފާރަވެރިވާން ޖެހޭ ބައެއްގެ ހައިސިއްޔަތުން ގައުމީ ދިފާއީ ބާރަށްވެސް ލިބުނު ވަރަށް ބޮޑު ލުއިފަސޭހައެއް މިކަމަކީ
މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް

އިން ވަކި ކުރުމަށް މޮރިޝަސްގެ ފަރާތުން އިޓްލޮސްއަށް ހުށަހެޅި ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމުގައި ބަޔަންކުރިއެވެ. ނަމަވެސް ރާއްޖޭން ބުނެފައިވަނީ ބައިނަލްއަގުވާމީ ހަމަތަކަށް ބަލާއިރު، ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށެވެ. އިން ވަކިކުރުމުގެ މައްސަލައިގައި، ރާއްޖޭން ވަކާލާތުކުރީ، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބަލަން ޖެހޭނީ ޗާގޯސްގެ އައްސޭރިފަށުން ފެށިގެންނެވެ.

އެކަމާ ގުޅިގެން އިޓްލޮސްއިން ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފައެވެ. އިޓްލޮސްގެ ސްޕެޝަލް ޗޭމްބަރުން އިއްވި ނިންމުމުގައި ބުނީ، ތިލަ ދިޔަވަރުގައި ފެންނަ އޮންނަ ފަރަކުން، އިން ވަކިކުރުމަށްޓަކައި އިކުއިޑިސްޓަންސް ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ. އެއާއެކު މޮރިޝަސްއާ ދެކޮޅަށް މައްސަލަ ނިމުމުން، ދެގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ 4،687 އަކަކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފައެވެ.

- ކޮމެންޓް