ކ. މާލެ
|
29 އޭޕްރިލް 2023 | ހޮނިހިރު 18:04
ލ. ގަން
ލ. ގަން
-
މޫދުގައި މަރުވެފައި އޮތް މީހަކު ފެނުން
އުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ
މަރުވެފައި އޮއްވާ ފެނުނީ ލ. ގަން، ސައީދާ މަންޒިލް، އުމުރުން 67 އަހަރުގެ އަހުމަދު މުޙައްމަދު

ލ. ގަމުގައި އުމުރުން ދުވަސް މީހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަރުވެފައިވަނީ އެ ރަށުގެ ސައީދާ މަންޒިލް، އުމުރުން 67 އަހަރުގެ އަހުމަދު މުޙައްމަދު ކަމަށެވެ. އޭނާ މޫދުގައި މަރުވެފައި އޮއްވާ ފެނިފައިވަަނީ ގެއްލިގެން ހޯދަމުން ދަނިކޮށް ކަމަށް ޒަކީ ވިދާޅުވިއެވެ.

ޒަކީ ވިދާޅުވިގޮތުގައި އަހުމަދު މުޙައްމަދު ގެއްލިގެން ހޯދަން ފެށީ އޭނާ ހެނދުނު މޫދަށް ދިޔަ ގޮތަށް މެންދުރު ގެއަށް އެނބުރި ނައުމުންނެވެ. އެގޮތުން އޭނާ ހޯދަމުން ދަނިކޮށް މެންދުރު 1:30 އެހާއިރު އޭނާ ފެނުނީ މަރުވެރި އޮއްވާ ކަމަށް ވިދާޅުވިއެވެ.

- ކޮމެންޓް