Advertisement
ކ. މާލެ
|
28 އޭޕްރިލް 2023 | ހުކުރު 19:54
ވަޒީރުންގެ ބައްދަލުވުން
ވަޒީރުންގެ ބައްދަލުވުން
ރައީސް އޮފީސް
އިންވަކިކުރުމުގެ މައްސަލަ
އިޓްލޮސް އިން ނިންމި ނިންމުމާ ގުޅޭ ގޮތުން ކެބިނެޓާ އެކު ހާއްސަ ބައްދަލުވުމެއް ރައީސް ބާއްވަވައިފި
ކެބިނެޓްގެ މެންބަރުން ވަނީ ޓްރައިބިއުނަލްގެ އަޑުއެހުންތަކުގެ ނަތީޖާއާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފަ
އިޓްލޮސްއިން ނިންމު ނިންމުމަކީ ރާއްޖެއަށް ވަރަށް ފައިދާހުރި ގޮތަކަށް ނިންމި ނިއްމުމެއް ކަމަށް ސަރުކާރުން ގަބޫލުކުރޭ
ޗާގޯސް އާއި ރާއްޖޭގެ އިންވަކިކުރުމުގެ މައްސަލައިގައި، ރާއްޖޭގެ މަސްލަހަތު ވަރަށް ވަރުގަދައަށް ދިފާއުކޮށްފައިވޭ

ދިވެހިރާޖެއާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދުގެ އިން ވަކި ކުރުމާބެހޭގޮތުން އިޓްލޮސް އިން ނިންމި ނިންމުމާ ގުޅޭ ގޮތުން ކެބިނެޓާ އެކު ހާއްސަ ބައްދަލުވުމެއް ރައީސް ބާއްވަވައިފިއެވެ.

ހުކުރު ދުވަހުގެ ހަވީރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ރާއްޖެ އާއި ޗަގޯސް އާކިޕެލަގޯއާ ދެމެދު ކަނޑުގެ ސަރަހައްދު ކަނޑައެޅުމާ ގުޅޭ މައްސަލައާ ގުޅޭ ގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުމާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހާއެކު ހާއްސަ ބައްދަލުވުމެއް ބާއްވާފައެވެ.

Advertisement

ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ކެބިނެޓްގެ މެންބަރުން ވަނީ ޓްރައިބިއުނަލްގެ އަޑުއެހުންތަކުގެ ނަތީޖާއާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.

200 ނޯޓިކަލް މޭލު ބޭރުން ކޮންޓިނެންޓަލް ޝެލްފަކަށް މޮރިޝަސްއިން ދަޢުވާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޓްރައިބިއުނަލުން އިއްތިފާޤުން ނިންމި ނިންމުމާއި، ބްލެންހައިމް ރީފް ބޭސް ޕޮއިންޓެއްގެ ގޮތުގައި ބޭނުން ނުކުރެވޭނެކަމަށް ރާއްޖެއިން ބުނުމުން، 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ލިބޭނެގޮތަށް އިޓްލޮސްއިން ނިންމި ނިންމުމަކީ ރާއްޖެއަށް ވަރަށް ފައިދާހުރި ގޮތަކަށް ނިންމި ނިއްމުމެއް ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް