ކ. މާލެ
|
28 އޭޕްރިލް 2023 | ހުކުރު 18:56
ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތު
ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތު
ރައީސް އޮފީސް
އިންވަކިކުރުމުގެ މައްސަލަ
އިންވަކިކުރުމުގެ މައްސަލަ - ނަތީޖާއާމެދު ހިތްހަމަޖެހޭ: ރިއްފަތު
 
ޗާގޯސް އާއި ރާއްޖޭގެ އިންވަކިކުރުމުގެ މައްސަލައިގައި، ރާއްޖޭގެ މަސްލަހަތު ވަރަށް ވަރުގަދައަށް ދިފާއުކޮށްފައިވޭ

އިޓްލޮސްގައި ރާއްޖެއިން ކުރި މަސައްކަތަކާއި މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތު މިފަދައިން ވިދާޅުވީ ރާއްޖެއާއި ޗާގޯސްގެ ކަނޑުގެ ސަރަޙަދުން ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލަ، ރާއްޖެއަށް ބޮޑު ބައި ލިބޭގޮތަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސްއިން) އިން ނިންމުމާއި ގުޅިގެންނެވެ.

ބަންޑާރަ ނައިބް ރިއްފަތު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދިވެހި ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، އެމަނިކުފާނުގެ ބައިނަލްއަގްވާމީ ގާނޫނީ ޓީމުން ވަނީ މޮރިޝަސް އާއި ރާއްޖޭގެ އިންވަކިކުރުމުގެ މައްސަލައިގައި، ރާއްޖޭގެ މަސްލަހަތު ވަރަށް ވަރުގަދައަށް ދިފާއުކޮށްފައި ކަމަށެވެ. އަދި ނަތީޖާއާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ރިއްފަތު ވިދާޅުވިއެވެ.

ރިއްފަތު ވިދާޅުވީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ރާއްޖެއަށް ލިބިދޭ ޙައްޤުތަކާމެދު ރާއްޖޭގެ ވިސްނުމާއި އުންމީދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިހާރު ކަނޑުގެ ސަރަޙައްދެއް އެބައޮތް ކަމަށެވެ. އަދި އައުޓަރ ކޮންޓިނެންޓަލް ޝެލްފް އާއި ގުޅޭ ގޮތުން މޮރިޝަސް އިން ކުރި ދައުވާއާ ގުޅޭ ގޮތުން ސްޕެޝަލް ޗެމްބަރުގެ އިއްތިފާގުން ރާއްޖެއާ އެއްކޮޅަށް މައްސަލަ ނިންމާފައިވާ ކަމަށް ރިއްފަތު ވިދާޅުވިއެވެ.

އިޓްލޮސްއިން ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފައެވެ. އިޓްލޮސްގެ ސްޕެޝަލް ޗޭމްބަރުން އިއްވި ނިންމުމުގައި ބުނީ، ތިލަ ދިޔަވަރުގައި ފެންނަ އޮންނަ ފަރަކުން، އިން ވަކިކުރުމަށްޓަކައި އިކުއިޑިސްޓަންސް ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ. އެއާއެކު މޮރިޝަސްއާ ދެކޮޅަށް މައްސަލަ ނިމުމުން، ދެގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ 4،687 އަކަކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
އިޓްލޮސް މައްސަލައިގައި ބޭރުގެ މާހިރުންނާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ހާމަކުރެވެން ނެތީ އެމީހުން ދައުވާކޮށްފާނެތީ: ސަރުކާރު
ޗާގޯސް މައްސަލައިގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އިތުރަށް ދިރާސާކޮށް ބެލުމަށް 241 ކޮމިޓީން ފާސްކޮށްފި
އިޓްލޮސްގެ މައްސަލާގައި އެކުލަވާލި ރިޕޯޓު ކެބިނެޓަށް ހުށަހަޅަނީ
ޗާގޯސް-ރާއްޖެ ކަނޑުގެ މައްސަލައަކީ އިސްތިއުނާފުނުކުރެވޭނެ މައްސަލައެއްކަން ސަރުކާރުން އިއުތިރާފުވެ ހެދީ ދޮގުކަން ހާމަވެއްޖެ - ޖީހާން
ސަރުކާރުން އިޓްލޮސްގެ ނިންމުމަށް ގޮންޖައްސަވައިފި، ބުނަނީ އެއީ އިޓްލޮސްއަށް ނިންމޭނެ ނިންމުމެއްވެސް ނޫންކަމަށް
އިޓްލޮސްގެ މައްސަލާގެ ރިޕޯޓާއެކު، ގާނޫނީ މާހިރުންގެ މައުލޫމާތާއި ޚަރަދުވި ފައިސާ ހާމަކުރާނެ: އޭޖީ
ކަންކަން ހާމަކުރަން ގޮވާލައި، ވެރިކަމަށް އައިސް ފެންނަނީ އެ މަންޒަރެއް ނޫން
ޗާގޯސް މައްސަލައިގައި ހަރަކާތްތެރިވާ ބޭރުގެ ފަރާތްތަކާ ގުޅުންހުރި މައުލޫމާތު "ހައްސާސް"ކަމަށް ބުނެ، ހާމައެއް ނުކުރި