ކ. މާލެ
|
27 އޭޕްރިލް 2023 | ބުރާސްފަތި 07:46
ދިވެހި ސަރުކާރާއި ބުރުންޑީ ސަރުކާރާ ދެމެދު ވިސާ އެގްޒެމްޕްޝަން އެއްބަސްވުމުގައި ސޮއިކުރުން
ދިވެހި ސަރުކާރާއި ބުރުންޑީ ސަރުކާރާ ދެމެދު ވިސާ އެގްޒެމްޕްޝަން އެއްބަސްވުމުގައި ސޮއިކުރުން
ފޮރިން މިނިސްޓްރީ
ވިސާއާ ނުލާ ދަތުރުކުރެވުން
ވިސާ ނެތި ދިވެހިންނަށް ބުރުންޑީއަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިފި
 
ދިވެހިންނަށް 30 ދުވަސް ވެންދެން ވިސާއާ ނުލާ ދަތުރުކުރެވޭނެ

ވިސާ ނެތި ދިވެހިންނަށް ބުރުނޑީއަށް ދެވޭގޮތަށް ދިވެހި ސަރުކާރާއި ބުރުންޑީ ސަރުކާރާ ދެމެދު ވިސާ އެގްޒެމްޕްޝަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ވިސާއާ ނުލާ ދިވެހިންނަށް 30 ދުވަސް ވަންދެން ދެގައުމުގެ ދެމެދުގައި ދަތުރުކުރެވޭނެއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ނިއުޔޯކްގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގައެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެއިން އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ޕަރމަނަންޓް ރެޕްރެޒެންޓޭޓިވް ތިލްމީޒާ ހުސެއިންއެވެ. ބުރުނޑީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެގައުމުން އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ޕަރމަނަންޓް ރެޕްރެޒެންޓޭޓިވް ޒެފީރިން މަނިރަތަންގައެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ކުރިއަށްދިޔަ މަޝްވަރާތަކުގެ ތެރެއިން ޕަރމަނަންޓް ރެޕްރެޒެންޓޭޓިވް ތިލްމީޒާ ވަނީ ދެގައުމުގެ ގުޅުން ބަދަހިކުރުމަށް ބުރުންޑީ ސަރުކާރުގެ ފަރާތުން ކުރައްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން މި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށް ތިލްމީޒާ ވިދާޅުވިއެވެ.

ބުރުންޑީ ސަރުކާރުގެ ފަރާތުންވެސް ވަނީ ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހިކުރުމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
14%
43%
0%
29%
0%
14%
ކޮމެންޓް