ކ. މާލެ
|
26 އޭޕްރިލް 2023 | ބުދަ 19:06
ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ތެރެއިން
ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
ޤައުމީ ޔުނިވަރސިޓީގެ ގްރެޖުއޭޝަން
ގައުމީ ޔުނިވަރސިޓީގެ ގްރެޖުއޭޝަން މެއި 3-4 އަށް
 
މި ހަފްލާގައި 900 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވާނެ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ދަސްވެނިވުން އަންނަ މެއި މަހުގެ ތިނަކުން ހަތަރަކަށް ބާއްވަން އެ ޔުނިވަރސިޓީން ނިންމައިފިއެވެ.

އެމްއެންޔޫ އިން ބުނިގޮތުގައި ދަސްވެނިވުން ކުރިއަށް ދާނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ވެސް ހެނދުނާއި އަދި ރޭގަނޑު ދަސްވެނިވުން އޮންނާނެ ކަމަށް ބުންޏެވެ.

އެމްއެންޔޫއިން ބުނި ގޮތުގައި މެއި ތިނެއްވާ ބުދަ ދުވަހުގެ ހެނދުނު ކުރިއަށްދާނީ ސްކޫލް އޮފް ނަރސިން އާއި ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ދަސްވެނިވުމުގެ ހަފާލާއެވެ. ހަމަ އެ ދުވަހުގެ ރޭ ފެކަލްޓީ އޮފް އެޑިއުކޭޝަނުގެ މާސްޓަރސް ކޯސްތަކާއި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ދަސްވެނިވުން ކުރިއަށްދާނެއެވެ.

މީގެ އިތުރުން ބުރާސްފަތި ދުވަހުގެ ހެނދުނު ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ބެޗްލަރސް ކޯސްތަކާއި ފެކަލްޓީ އޮފް އަރޓްސްގެ ދަސްވެނިވުން ކުރިއަށްގެންދަން ތާވާލު ކޮށްފައިވާއިރު އެ ދުވަހުގެ ރޭ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް އާއި ފެކަލްޓީ އޮފް އިންޖިނިއަރިން، ސައިންސް އެންޑް ޓެކްނޮލޮޖީ އާއި އެމްއެންޔޫ ބިޒްނަސް ސްކޫލުގެ ދަސްވެނިވުން ކުރިއަށްދާނެއެވެ.

އެމްއެންޔޫގެ ދަސްވެނިވުމުގެ ހެނދުނުގެ ދަންފަޅި ފެށޭނީ 09:30 ގައެވެ. އަދި ރޭގަނޑު ދަންފަޅި ފެށޭނީ 20:30 ގައެވެ.

އެމްއެންޔޫ އިން ބުނީ މި ފަހަރުގެ ދަސްވެނިވުމުގައި 900 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވާނެކަމަށެވެ. މި ދަސްވެނިވުން ވެސް އޮންނާނީ އެމްއެންޔޫގެ އޭ ބްލޮކް އޮޑިޓޯރިއަމްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
50%
0%
0%
50%
0%
0%
ކޮމެންޓް