ކ. މާލެ
|
25 އޭޕްރިލް 2023 | އަންގާރަ 22:29
ޑެޕިޔުޓީ މިނިސްޓަރ މުހައްމަދު ޔަސްރިފް
ޑެޕިޔުޓީ މިނިސްޓަރ މުހައްމަދު ޔަސްރިފް
އައްޑޫ ސިޓީ ކައުންސިލް
އައްޑޫ ސިޓީގެ ތަރައްގީ
އައްޑޫގައި ތަރައްގީގެ މަޝްރޫޢެއް ނުހިނގާ އެއްވެސް ހިސާބެއް މިހާރު ނޯންނާނެ: ޔަސްރިފް
 
ފެންނަމުންދަނީ މިސަރުކާރުގައި އައްޑޫގެ ތަރައްގީއަށް ކޮންމެހެން ބޭނުންވާ އިންފްރާސްޓްރަކްޗަރ ގެންނަމުންދާތަން
 
މިވަގުތު އައްޑޫ ސިޓީގެ ހުރިހާ އަވަށެއްގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރިޔަށްދޭ

އައްޑޫ ސިޓީގައި ތަރައްގީގެ މަޝްރޫއު ނުހިނގާ އެއްވެސް ހިސާބެއް މިހާރު ނޯންނާނެކަމަށް ހައުސިންގ މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ މުހައްމަދު ޔަސްރިފް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޔަސްރިފް ވިދާޅުވީ މިވަގުތު އައްޑޫ ސިޓީގެ ހުރިހާ އަވަށެއްގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރިޔަށްދާކަމަށެވެ. އައްޑޫ ސިޓީގެ ތަރައްގީއާ އެންމެ ބޮޑަށް ގުޅިފައިވާ އައްޑޫ ގަން އިންޓަރނޭޝަނަލް އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހަވާލުކޮށްފައިވާ ކުންފުނިން މިހާރު މަސައްކަތްތައް ފަށާފައިވާކަމަށް ޔަސްރިފް ވިދާޅުވިއެވެ.

މީގެއިތުރުން އައްޑޫގެ ބަނދަރުތައް ހެދުމާއި މިފްކޯގެ މަސްފެކްޓްރީއަށް ވަނުމަށް ބޭނުންވާ ނެރު ފުންކުރުމާއި ޝީޓް ޕައިލްކުރުން ކުރިޔަށްދާކަމަށް ޔަސްރިފް ވިދާޅުވިއެވެ.

އައްޑޫގައި ދެން ކުރިޔަށްދާ އެންމެ ބޮޑު މަޝްރޫޢަކީ އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫޢު ކަމަށާއި އެމަސައްކަތްވެސް ހަލުވި މިނެއްގައި ކުރިޔަށްދާކަމަށް ޔަސްރިފް ވިދާޅުވިއެވެ. ޔަސްރިފް ވިދާޅުވީ ފެންނަމުންދަނީ މިސަރުކާރުގައި އައްޑޫގެ ތަރައްގީއަށް ކޮންމެހެން ބޭނުންވާ އިންފްރާސްޓްރަކްޗަރ ގާއިމުކޮށްދެމުންދާތަން ކަމަށާއި އެކަންކަން މިސަރުކާރުން ކުރާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އެބައޮތްކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް