ކ. މާލެ
|
25 އޭޕްރިލް 2023 | އަންގާރަ 18:56
އެމެރިކާގެ ރައީސް ޖޯ ބައިޑަން
އެމެރިކާގެ ރައީސް ޖޯ ބައިޑަން
ރޮއިޓާސް
އެމެރިކާގެ 2024 ވަނަ އަހަރުގެ އިންތިހާބު
ބައިޑަން ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން ރަސްމީކޮށް އިއުލާނުކުރައްވައިފި
 
މިކަން އިއުލާނުކުރެއްވުމަށް ބައިޑަންގެ ކެމްޕެއިން ޓީމުން ވަނީ ހާއްސަ ވީޑިއޯއެއް ރިލީޒްކޮށްފައި
 
ބައިޑަން ވަނީ އެމެރިކާގެ ޑިމޮކްރަސީ ދިފާއު ކުރުމަކީ އެމަނިކުފާނުގެ މަސްއޫލިއްޔަތެއްކަމަށް ވިދާޅުވެފައި
 
ބައިޑަން އާއެކު ރަނިންގ މޭޓެއްގެ ގޮތުގައި ވާދަކުރައްވާނީ އެމެރިކާގެ މިހާރުގެ ނާއިބު ރައީސް ކަމާލާ ހެރިސް

އަންނަ އަހަރު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން ރަސްމީކޮށް އިއުލާނުކުރައްވައި ކެމްޕެއިން ފައްޓަވައިފިއެވެ.

އެމެރިކާގެ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ބައިޑަން އިއުލާނުކުރެއްވީ އަންގާރަ ދުވަހުއެވެ. މިކަން އިއުލާނުކުރެއްވުމަށް ބައިޑަންގެ ކެމްޕެއިން ޓީމުން ވަނީ ހާއްސަ ވީޑިއޯއެއް ރިލީޒްކޮށްފައެވެ.

އެވީޑިއޯގައި ބައިޑަން ވަނީ އެމެރިކާގެ ޑިމޮކްރަސީ ދިފާއު ކުރުމަކީ އެމަނިކުފާނުގެ މަސްއޫލިއްޔަތެއްކަމަށް ވިދާޅުވެފައެވެ.

އެވީޑިއޯ ފެށިގެން ދަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ޔޫ.އެސް. ކެޕިޓޮލް އަށް ވަދެގަތް މަންޒަރުތަކުންނެވެ.

މީގެއިތުރުން، ވީޑިއޯގައި ބައިޑަން ވަނީ މީގެ ހަތަރު އަހަރު ކުރިން އެމަނިކުފާނު އެމެރިކާގެ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވިއިރު، އެމެރިކާ މިއޮތީ ގައުމުގެ ފުރާނައައްޓަކައި ކުރާ ހަނގުރާމައެއްގެ ތެރޭގައިކަމަށް ވިދާޅުވެފައިވާނެ ކަމަށާއި، އަދިވެސް އެހަނގުރާމަ ނުުނިމޭކަމަށް ވިދާޅުވެފައެވެ. އަދި މިހާރު ގައުމު އޮތް ހާލަތާމެދު ހިތްހަމަޖެހިގެން ތިބެވެން ނެތްކަމަށާއި، ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމެވީ އެސަބަބަށްޓަކައި ކަމަށް ބައިޑަން ވިދާޅުވިއެވެ.

ބައިޑަން ވަނީ ރިޕަބްލިކަން ޕާޓީގެ ޕްލެޓްފޯމްތަކަކީ އެމެރިކާގެ މިނިވަންކަމަށް ނުރައްކާތަކެއް ކަމަށްވެސް ސިފަކުރައްވާފައެވެ. އަދި އެމެރިކާގެ އަންހެނުންގެ ސިއްހީ ހިދުމަތް ހަނިކުރުމާއި ސޯޝަލް ސެކިއުރިޓީ ކަނޑާލުމާއި ފޮތްތައް މަނާކުރުމަށް ކުރާ މަސައްކަތާ ދެކޮޅަށް ތެދުވެ، މަސައްކަތްކުރައްވާނެ ކަމަށްވެސް ބައިޑަން ވިދާޅުވެފައިވެއެވެ.

ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓްގެ ގޮތުގައި ނުކުންނަވާނެކަމަށް ބެލެވޭ ޓްރަޕްގެ ކެމްޕެއިން ޓީމުން ގެންގުޅޭ "މޭކް އެމެރިކާ ގްރޭޓް އެގެއިން" ޝިޔާރަށާއި އެޓީމަށް ބައިޑަން ވަނީ ފާޑުވިދާޅުވެފައެވެ.

ބައިޑަން އަކީ މިހާރުވެސް އެމެރިކާގެ އެންމެ ދުވަސްވީ ރައީސެވެ. މިހާރު އުމުރުފުޅުން 80 އަހަރުގެ ރައީސް، ދެވަނަ ދައުރަކަށް ކުރިމަތިލައްވާ، ހަތަރު އަހަރުގެ ދައުރެއް ފުރިހަމަކުރެއްވުމުގެ ފުރުސަތު ދިނުމަށް އެމެރިކާގެ ގިނަ އަދަދެއްގެ ބަޔަކު ވޯޓުދޭން ފަސްޖެހޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އިތުރު ހަތަރު އަހަރުގެ ދައުރެއް ފުރިހަމަކޮށް ނިމޭއިރު، ބައިޑަން ހުންނަވާނީ އުމުރުފުޅުން 86 އަހަރު ފުރިފައެވެ. މިއީ އެމެރިކާގެ ފިރިހިނުންގެ އެވްރެޖް ލައިފް އެކްޕެންޓެންސީއަށް ވުރެ 10 އަހަރު އިތުރު އުމުރެކެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި ބައިޑަން އަދިވެސް ޑިއުޓީއަށް "ފިޓް" އެވެ. އެގޮތުން ބައިޑަން އަކީ އެއްވެސް ވަރަކަށް ބަނގުރާ ހިތްޕަވާ ބޭފުޅެއް ނޫންކަމާއި ކޮންމެ ހަފުތާއަކުވެސް ފަސް ފަހަރު ކަސްރަތުކުރައްވާ ބޭފުޅެއް ކަމުން، އެމަނިކުފާނަކީ "ފިޒިކަލީ ފިޓް" ބޭފުޅެއް ކަމަށް ޑޮކްޓަރުން ފާހަގަކުރައްވައެވެ. އަދި ވައިޓް ހައުސް އިން ވަނީ ބައިޑަންގެ ރިކޯޑްތަކަށް ބަލާއިރު، އެމަނިކުފާނަކީ "މެންޓަލީ ފިޓް" މިމަސައްކަތް ކުރެވޭނެ ގާބިލުކަން ހުރި ބޭފުޅެއްކަމަށް ބުނެފައެވެ.

އެމެރިކާގެ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ބައިޑަން އާއެކު ރަނިންގ މޭޓެއްގެ ގޮތުގައި ވާދަކުރައްވާނީ އެމެރިކާގެ މިހާރުގެ ނާއިބް ރައީސް ކަމާލާ ހެރިސްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
''އޮޕަރޭޝަން ކުރަނގި'' އިން 500ށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފި
އެމެރިކާގައި އުފައްދާ ބޮން އިޒްރޭލް ސިފައިން ފަލަސްތީނުގެ އާއްމުންނަށް އަމާޒުކޮށް ބޭނުން ކުރި ކަމަށް އެމެރިކާގެ ރައީސް އެއްބަސްވެވަޑައިގެންފި
އިޒްރޭލާ އެކު ގުޅުން ގާއިމް ކުރުމަށް ސައުދީން އެއްބަސްވަނީ!
ރާއްޖޭގައި ގާއިމްކުރާ ސެންޓްރަލް ޖަލަކީ ރިހެބިލިޓޭޝަން ސެންޓަރެއް: މިނިސްޓަރު އިހުސާން
އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހައްޔަރު ކުރަން އައިސީސީން ނެރެން އުޅޭ އަމުރު ހުއްޓުވޭތޯ އެމެރިކާއިން މަސައްކަތް ކުރަނީ!
ކުޑަކުއްޖާއަށް އަނިޔާކުރި މައްސަލައިގައި ގާނޫނީގޮތުން ކުރަން ޖެހޭކަންކަން ފުލުހުން ދަނީ ކުރަމުން: މިނިސްޓަރ
ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތަހުގީގާ ގުޅޭ މައުލޫމާތު ހާމަކުރަން ނިންމީ ކޯޓުތަކަށް ގޮންޖެހުމުގެ ނިޔަތުގައެއް ނޫން: މިނިސްޓަރު އިހުސާން
ޣައްޒާގައި އެހީދޭ މީހުން ހިމާޔަތްކުރަން އިސްރާއީލުން އެކަށީގެންވާ މަސައްކަތެއް ނުކުރޭ: ބައިޑަން