ކ. މާލެ
|
8 ޖުލައި 2017 | ހޮނިހިރު 03:53
މޯލްޑިވިއަންގެ ފްލައިޓެއް
މޯލްޑިވިއަންގެ ފްލައިޓެއް
އަޒުމޫން އަހުމަދު
އެމްއޭސީއެލް
އެއަރޕޯޓުން ވިއްކާ ޖެޓް ފިޔުލްގެ އަގު ހެޔޮކޮށްފި
ކުރިންވެސް ތެކުގެ އަގަށް ބަދަލު ގެނައި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޖެޓް ފިޔުލް ވިއްކަމުން އައި އަގު ހެޔޮކޮށްފިއެވެ.

 

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނި ގޮތުގައި މިބަދަލު ނެގައީ ރާއްޖޭގެ އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ގެނައި އިސްހަކާއި އަދި ބައިނަލްއަގްވާމީ ބާޒާރުގައި ތެޔޮގެ އަގަށް އައި ބަދަލުތަކުގެ ސަބަބުން ކަމަށެވެ.

 

ޖުލައި މަހުގެ 1 ވަނަ ދުވަހު ގެނެވުނު މިބަދަލާއެކު ބައިނަލްއަގްވާމީ އެއަރލައިންތަކަށް ފިޔުލް ލީޓަރެއް ވިއްކެމުން ދާނީ 0.69303 އެމެރިކާ ޑޮލަރު ( 10.68 ދިވެހި ރުފިޔާ) އަށެވެ.މިއީ ކުރީގެ އަގާ އަޅާބަލާއިރު 36 ލާރި ހެޔޮ އަގެކެވެ.

 

ޑޮމެސްޓިކް އެއަރލައިންތަކަށް ފިޔުލް ވިއްކެމުން ދާނީ 0.69835 އެމެރިކާ ޑޮލަރު (10.68 ރުފިޔާއަށް) ކަމަށް އެމްއޭސީއެލްއިން ބުންޏެވެ. މިއީ ކުރީގެ އަގާ އަޅާބަލާއިރު، 74 ލާރި ހެޔޮ އަގެކެވެ.

 

2015 ވަނަ އަހަރާއި އަދި 2016 ވަނަ އަހަރު ވެސް ތެޔޮ ވިއްކެމުންދާ އަގަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާއިރު ދާދި ފަހުން އެސްޓީއޯ އިން ވެސް ވަނީ އެކުންފުނިން ވިއްކާ ފިޔުލްގެ އަގު ހެޔޮކޮށްފައެވެ.

 

 

 

- ކޮމެންޓް