Advertisement
ކ. މާލެ
|
24 އޭޕްރިލް 2023 | ހޯމަ 13:49
ޗާގޯސް
ޗާގޯސް
ގޫގްލް މެޕްސް
ޗާގޯސް މައްސަލަ
ޗާގޯސް މައްސަލަ - މެންބަރުންގެ މެދުގައި ޚިޔާލުތަފާތުވުން ބޮޑު
ޗާގޮސް އާކިޕެލަގޯގެ ސިޔާދަތީ ބާރަކީ މޮރިޝަސް ކަމުގައި ލަފާ އަރުވާފައި ވަނީ ICJ އިން
ރާއްޖެއިން ޗާގޯސް މައްސަލައިގައި އަމަލުކުރި ގޮތް ސާފުކަމަށް އަސްލަމް ވިދާޅުވި

މިހާރު ސުވާލު އުފެދިފައިވާ ޗާގޯސް އައިލެންޑްސް ނުވަތަ ފޯޅަވައްސާއި ދިވެހިރާއްޖެއާ ދެމެދު ހިމެނޭ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ސަރުކާރުން އޮޅުވާލާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރި ސަރުކާރަށް ތާއީދުކުރާ މެންބަރުން ސަރުކާރުގެ ނިންމުން ދިފާއުކުރައްވައިފިއެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހަޅުއްވާފައިވާ މައްސަލައިގައި ބުނެފައިވަނީ ރާއްޖޭގެ އިހްތިސާސުން ބައެއް ގެއްލޭ ގޮތަށް ރާއްޖެއިން މޮރިޝަސް އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި، އެ ސިޓީ ހާމަކުރުމަށް ގޮވާލާ ކަމަށެވެ. އަދި ރާއްޖެއިން ބައެއް ވިއްކުމަށް ޑީލް ހަދާފައިވާ ކަމަށް ބުނެ އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ ބައިނަލްއަޤުވާމީ ކޯޓުގައި ހުރި މައްސަލަތަކާ މެދު ބަސްބުނުމުގެ ފުރުސަތު ރާއްޖޭގެ މަޖިލީހަށް ލިބިފައިނުވާ ކަމަށެވެ. ޝަރީފް އެހެން ވިދާޅުވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރާއްޖޭގެ އިން ކަނޑައަޅާނީ ރާއްޖެއިން ކަަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނުގެ ވާހަކަފުޅަށް ރައްދު ދެއްވާ ޝަރީފް ވަނީ ނަޝީދުގެ ވެރިކަމުގައި އެކަން ނުކުރެއްވީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ އިހްތިސާސުން ބައެއް ދޫކޮށްލި ކަމަށް ބުނެ ދައްކަނީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތައް ކަަމަށް ޝަރީފް ވިދާޅުވިއެވެ. މިފަދަ ސަރަހައްދީ މައްސަލަތަކަކީ އެއް ގައުމަކަށް އެކަނި ގޮތް ނިންމޭ ވަރަށް ވުރެ ބޮޑު މައްސަލަ އެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ އަށް ބަޙުސްކުރައްވަމުން ކަނޑިތީމް ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވިދާޅުވީ ޗާގޮސް އަކީ ރާއްޖެ އަށް އެއްވެސް އިރެއްގައި ލިބިފައި އޮތް ތަނެއް ނޫން ކަމަށާއި، އެ ތަން ރާއްޖެ އަށް ގެއްލޭ ކަމަށް ބުނެ ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އެފަދަ މަައުޟޫއެއްގައި ވާހަކަދައްކަންވާނީ ހަގީގީ މައުލޫމާތަށް ބިނާކޮށް ކަމަށާއި އޮޅުވާލައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ބަހުސްކުރައްވި ސަރުކާރަށް ނިސްބަތްވާ މެންބަރުން ވިދާޅުވީ ފޯޅަވަހި ނުވަތަ ޗާގޯސް އަކީ ރާއްޖޭގެ ތަނެއްކަމަށް ބުނާ އެއްވެސް ހެއްކެއް ނުވަތަ ލިޔުމެއް ނެތް ކަމަށެވެ. ތިނަދޫ ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް އާއި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވަނީ ޗާގޯސް އަކީ ރާއްޖޭގެ ތަނެއް ނޫން ކަަމަށް ވަކާލާތުކުރައްވާފައެވެ.

Advertisement

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ ޗާގޯސްގެ މައްސަލައިގައި ބައިނަލްއަގުވާމީ ކޯޓަކަށް މައްސަލަ ހުށަހެޅުމަކީ ރާއްޖެ އިން އެ ސަރަަހައްދުގެ މިލްކުވެރިކަމަށް ދައުވާކުރަން ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ. އެ ފުރުސަތު ދޫކޮށްލުމަކީ ނުރަނގަޅު ނިންމުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު "ފިކުރެއްގެ ދިރުން" ގައި މަސައްކަތް ކުރާ މެންބަރުންނާއި އިދިކޮޅު ޕާޓީއަށް ނިސްބަތްވާ މެންބަރުން ވަނީ ޗާގޯސް މައްސަލައިގައި ސަރުކާރުން އޮޅުވާލާ ކަމަށް ތުހުމަތުކޮށްފައެވެ. އެގޮތުން މި މައްސަލައިގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ޗާގޯސް އަށް ގޮތް ނޭނގޭ ސިޓީ އެއް ފޮނުއްވާފައިވާ ކަމަށް ބުނެ އެކަމަށް ވަނީ ފާޑު ކިޔާފައެވެ.

ޗާގޯސް އާކިޕެލަގޯގެ ސިޔާދަތީ ބާރަކީ މޮރިޝަސް ކަމުގައި ލަފާ އަރުވާފައި ވަނީ ICJ އިންނެވެ. މި ކަމުގައި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަޙަތު ހިމާޔަތް ކުރުމަށް އެޅެން އޮތް އެންމެ ރަނގަޅު ފިޔަވަޅަކީ، ޗާގޯސް އާކިޕެލަގޯގެ ކަނޑުގެ ސަރަޙައްދުތަކާއި، ކަނޑުމަހުގެ ސްޓޮކާއި، ޤުދުރަތީ ވަސީލަތްތައް ހިމާޔަތް ކުރުމަށް މޮރިޝަސްއަށް ބާރުއަޅައި، އެ ކަން ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށާއި ދެ ފަރާތުގެ މެދުގައި އެއްބާރުލުން ނުދޭ ނަމަ އެ ކަން ހާސިލު ނުވާނެ ކަމަށް ސަރުކާރުން ބުނެއެވެ.

މި މައްސަލައިގައި ދިވެހިރާއްޖެއިން ވަކާލާތު ކުރަމުން ދަނީ ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަޙަތު ހިމާޔަތް ކުރެވޭ ގޮތަށް، އަދި ދިވެހިރާއްޖެއަށް އެންމެ ފައިދާ ބޮޑުވާނެ ގޮތަށްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މި މައްސަލަ މޮރިޝަސްއާ އެއްކޮޅަށް ނިމިއްޖެ ނަމަ، ދެ ޤައުމުގެ ދެމެދުގައިވާ ކަނޑުގެ ފުށު އަރާ ސަރަޙައްދުން އެ ޤައުމަށް 3000 އާއި 4000 އަކަކިލޯމީޓަރުގެ ސަރަޙައްދެއް ލިބޭނެއެވެ. އެއީ ފުށުއަރާ ސަރަޙައްދުގެ ގާތްގަނޑަކަށް 5 އިންސައްތަ ކަނޑުގެ ސަރަޙައްދެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް