ކ. މާލެ
|
20 އޭޕްރިލް 2023 | ބުރާސްފަތި 22:16
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ޝައްވާލު މަހުގެ ރަސްމީ މަސައްކަތު ގަޑި
މިއަހަރުގެ ޝައްވާލު މަހުގެ ރަސްމީ މަސައްކަތު ގަޑި ކަނޑައަޅައިފި
 
ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00ން މެންދުރުފަހު 1:00ށް

މިއަހަރުގެ ޝައްވާލު މަހުގެ ރަސްމީ މަސައްކަތު ގަޑި ސަރުކާރުން ކަނޑައަޅައިފިއެވެ.

މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހަމަޖައްސަވާފައިވާގޮތަށް، މި އަހަރުގެވެސް ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00ން މެންދުރުފަހު 1:00އެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން އަންގަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ 2022/4 ވަނަ ނަންބަރު އިއުލާނުގައެވެ. އަދި ރަމަޟާން މަހުގެ ރަސްމީގަޑިއާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި މިގޮތަށް ހަމަޖެއްސެވުމާއެކު، ސަރުކާރުގެ މަސައްކަތްތައް އެ ވަގުތުތަކަށް ފައްތައިގެން ރޭވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި އިއުލާނުގައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
41%
9%
0%
41%
5%
5%
ކޮމެންޓް