Advertisement
ކ. މާލެ
|
20 އޭޕްރިލް 2023 | ބުރާސްފަތި 12:34
ސުޕްރީމް ކޯޓް
ސުޕްރީމް ކޯޓް
ރާއްޖެއެމްވީ
ރައީސްކަމުގެ މަޤާމު
ދެ ރައީސުން ތިބި ކަމަށް ބުނެ ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން އަނެއްކާވެސް ބޭރުކޮށްލައިފި
މައްސަލަ ހުށައެޅުއްވީ ޕީޕީއެމްގެ ގާނޫނީ ޓީމުގައި ހިމެނޭ އަހްމަދު ސިއްދީގު އިސްވެ ހުންނަވައި
ސުޕްރީމް ކޯޓުން ނިންމާފައިވަނީ ރަޖިސްޓްރާގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ޝަރުއީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކާ މެދު ގާނޫނީ ސުވާލު އުފެދިފައިވާ ކަމަށް ބުނެ އެކަމުގައި ގޮތެއް ނިންމުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން އަނެއްކާވެސް ބޭރު ކޮށްލައިފިއެވެ.

މި މައްސަލަ އެ ކޯލިޝަނުން މި އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުވެސް ކޯޓަށް ހުށައެޅިއެވެ. މައްސަލަ ހުށައެޅުއްވީ ޕީޕީއެމްގެ ގާނޫނީ ޓީމުގައި ހިމެނޭ އަހްމަދު ސިއްދީގު އިސްވެ ހުންނަވައެވެ.

Advertisement

އިދިކޮޅު ކޯލިޝަނުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ 25 ފެބްރުއަރީ 2022 ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ތައިރޮއިޑް ސާޖަރީއެއް ހެއްދެވުމަށްޓަކައި ރައީސްކަމުގެ ޒިންމާ ވަގުތީގޮތުން އެމަނިކުފާނުގެ ނައިބު، ފައިސަލް ނަސީމާ ހަވާލު ކުރައްވާފައިވާތީއެވެ. އެގޮތުން، ނައިބު ރައީސް ހުންނެވީ ރައީސް ކަމުގެ ހުވާ ކުރައްވައިގެން ކަަމަށާއި އެ މަގާމުން ރައީސް ޞާލިހު މިހާރު ވަކިވެފައިވާ ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ އެ ނިންމުން މުރާޖައާ ކޮށްދިނުން އެދި މި މައްސަލަ އަނެއްކާވެސް ހުށައެޅި ނަމަވެސް، ސުޕްރީމް ކޯޓުން ނިންމާފައިވަނީ ރަޖިސްޓްރާގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ޝަރުއީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް