Advertisement
ކ. މާލެ
|
20 އޭޕްރިލް 2023 | ބުރާސްފަތި 08:54
އެމްއެސްއެސްގެ އެމްޑީ މުހައްމަދު ނާޒިމް
އެމްއެސްއެސްގެ އެމްޑީ މުހައްމަދު ނާޒިމް
މޯލްޑިވްސް ސްޓޭޓް ޝިޕިންގ
އެމްއެސްއެސް
އެމްއެސްއެސްގެ އެމްޑީއަކަށް ނާޒިމް
ނާޒިމް ކުރިން ހުންނެވީ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި

މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް މުހައްމަދު ނާޒިމް އައްޔަންކުރައްވައިފިއެވެ.

މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ނާޒިމް ހުންނެވީ އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައެވެ.

Advertisement

އެމްއެސްއެސްގެ އެމްޑީގެ މަގާމަށް ނާޒިމް އައްޔަންކުރައްވާފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ ސައީދު އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވުމުންނެވެ.

ބުދަ ދުވަހު އެމްއެސްއެސްއިން ކުރި ޓްވީޓެއްގައި ބުނީ ނާޒިމްއަކީ ކުންފުނި އުފެދުނީއްސުރެ ވެސް ކުންފުނީގައި މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށެވެ.

އެމްއެސްއެސް އުފައްދާފައިވަނީ 2020 ވަނަ އަހަރުއެވެ. ކުންފުނި އުފެދިގެން މިހާތަނަށް އައިއިރު މުދާ އުފުލުމަށް 3 ބޯޓު އޮވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް