ކ. މާލެ
|
19 އޭޕްރިލް 2023 | ބުދަ 23:13
ިގިނަ ހަރަކާތްތައް ބޭއްވުމަށް ނިންމާފައިވޭ
ިގިނަ ހަރަކާތްތައް ބޭއްވުމަށް ނިންމާފައިވޭ
އެމްއެންޑީއެފް
131 ވަނަ ސިފައިންގެ ދުވަސް
131 ވަނަ ސިފައިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަނީ
ހަރަކާތްތައް ފެށިގެންދާނީ އޭޕްރީލް 21 ވަނަ ދުވަހުގެ ހެނދުނު 06:00 ގައި އޮންނަ ދިދަ ނެގުމުގެ ރަސްމިއްޔާތުން
އެމްއެންޑީއެފްގެ މިލިޓަރީ ބޭންޑްގެ ހުށަހެޅުންތަކާއެކު ހަވާ އެރުވުމަށް ވެސް ހަމަޖެހިފައިވޭ

ސިފައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު ވެސް ތަފާތު ހަރަކާތްތައް ހިންގުމަށް ނިންމާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ފާހަގަކުރާ ސިފައިންގެ ދުވަސް މިއަހަރު ވެސް ކުލަގަދަކޮށް ފާހަގަކުރުމަށް ތަފާތު ހަރަކާތްތައް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިއަހަރު ފާހަގަކުރާ 131 ވަނަ ސިފައިންގެ ދުވަހުގެ ހަރަކާތްތައް ފެށިގެންދާނީ އޭޕްރީލް 21 ވަނަ ދުވަހުގެ ހެނދުނު 06:00 ގައި އޮންނަ ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތުންނެވެ. އަދި މިދުވަހުގެ ހަވީރު 16:00ން ފެށިގެން މާލޭގެ ބޮޑެތި މަގުތަކުގައި ޝަރަފްގެ ހިނގާލުން އޮންނާނެއެވެ. މިހިނގާލުމުގައި ބައެއް ތަންތަނުގައި މަޑުކޮށް މިލިޓަރީ ބޭންޑުގެ ހުށަހެޅުންތައް އޮންނާނެއެވެ.

މީގެ އިތުރުން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްސަ ޑިސްޕްލޭއެއް އޭޕްރީލް 21 ވަނަ ދުވަހުގެ ރޭ 20:00ން ފެށިގެން ޖުމްހޫރީ މައިދާނުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އާންމުންނަށް ހުޅުވާލައި ބާއްވާ މި ޑިސްޕްލޭގައި އެމްއެންޑީއެފްގެ މިލިޓަރީ ބޭންޑްގެ ހުށަހެޅުންތަކާއެކު ހަވާ އެރުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ހަވާ އެރުވުން އޮންނާނީ އެރޭގެ 20:20 އެހާއިރުއެވެ.

މި ހަރަކާތްތަކުގެ އިތުރުން ސިފައިންނާއި ސިފައިންގެ އާއިލާތައް އަދި އާންމުންނަށް ބައިވެރިވޭގޮތަށް ތަފާތު ހަރަކާތްތައް ކުރިއަށް އޮތްދުވަސްތަކުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް