ކ. މާލެ
|
19 އޭޕްރިލް 2023 | ބުދަ 21:35
ކ. ތިލަފުށި
ކ. ތިލަފުށި
ގޫގުލް
ބަލްކް ޕޯޓް ތަރައްގީކުރުން
ތިލަފުށީގައި ގާއިމްކުރާ ބަލްކް ޕޯޓް ތަރައްގީ ކުރާނެ ބަޔަކު ހޯދަނީ
މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ހުށަހެޅޭނެ
މަސައްކަތް ކުރަމުންދަނީ މިއަހަރުގެ ތެރޭގައި ޓާމިނަލުގެ މަސައްކަތް ނިންމުމަށް

ކ.ތިލަފުށީގައި ގާއިމްކުރާ ބަލްކް ޕޯޓް ތަރައްގީ ކުރާނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފިއެވެ.

ތިލަފުށީގައި ބައިނަލްއަގުވާމީ ޕޯރޓެއް ތަރައްގީ ކުރަން އެމްޕީއެލުން ނިންމީ މާލޭގައި ބޭނުންކުރާ ޕޯޓުގައި ޖާގައިގެ ދަތިކަން ކުރިމަތިވުމާ ގުޅިގެންނެވެ. މާލޭ ޕޯޓުގައި ޖާގައިގެ ދަތިކަން ކުރިމަތިވެ، މުދާ ބޭލުމަށް ގިނަ ދުވަސްތަކެއް ހޭދަވާތީ، ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. މިމައްސަލަ ހައްލު ކުރުމުގެ ގޮތުން ސަރުކާރުން ވަނީ ތިލަފުށީގައި ބަލްކް ޕޯޓް ގާއިމްކުރުމަށް ނިންމާފައެވެ.

މިކަމާއި ގުޅިގެން އެމްޕީއެލުން ބުނީ އެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށައެޅުމަށް އެދޭ ކަމަށެވެ. އަދި މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ހުށަހެޅޭނެ ކަމަށް އެމްޕީއެލުން ބުނެއެވެ.

އެމްޕީއެލުން ބުނީ މި ޕޯޓު ތަރައްގީ ކުރަމުންދަނީ ބޮޑެތި ކާގޯ އުޅަނދުފަހަރަށް ފަސޭހައިން ޚިދުމަތްދެވޭނެ ގޮތަށެވެ.

ތިލަފުށީގައި ބަލްކް ޓާމިނަލް ތަރައްގީވެގެން ދިއުމުން ރާއްޖެއަށް އެތެރެކުރެވޭ ހިލަ، ހިލަވެލި އަދި ދަގަނޑު ފަދަ ތަކެތި ކްލިއަރ ކުރުމަށް ޖާގަ ލިބި އެތަކެތި ރައްކާކުރެވޭނެ ޖާގަ ފަހިވާނެއެވެ. އެއީ މި ޕޯޓްގެ 7 ހެކްޓަރުގެ ސަރަހައްދެއް ޚާއްސަކުރާނީ ޓަރމިނަލުގެ އޮޕަރޭޝަންތަކަށެވެ. އަދި 1.4 ހެކްޓަރުގެ ސަރަހައްދަކީ މުދާތައް ރައްކާކުރުމަށް ހަދާ ގުދަންތަކަށް ޚާއްސަ ޖާގައެކެވެ.

އެމްޕީއެލުން މަސައްކަތް ކުރަމުންދަނީ މިއަހަރުގެ ތެރޭގައި ޓާމިނަލުގެ މަސައްކަތް ނިންމުމަށެވެ.

- ކޮމެންޓް