ކ. މާލެ
|
18 އޭޕްރިލް 2023 | އަންގާރަ 16:49
އަމީނީ މަގުގައި ތާރު އަޅަން ފެށުން
އަމީނީ މަގުގައި ތާރު އަޅަން ފެށުން
ރާއްޖެއެމްވީ
އަމީނީ މަގު
އަމީނީ މަގުގައި ނަރުދަމާއާއި ފެންހޮޅި އެޅުމުގެ މަސައްކަތް ފަށައިފި
އަމީނީ މަގުގެ 6 ވަނަ ސެގްމެންޓާއި 7 ވަނަ ސެގްމެންޓުގެ މަސައްކަތް ފެށީ އަންގާރަ ދުވަހު
އަމީނީ މަގުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ މިދިޔަ ޖުލައި މަހު

އަމީނީ މަގުގެ 6 ވަނަ ސެގްމެންޓާއި 7 ވަނަ ސެގްމެންޓުގެ މަސައްކަތް ފަށާފައިވާކަމަށް, ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ން ބުނެފިއެވެ.

އާރްޑީސީން ބުނީ މި މަސައްކަތް ފަށާފައިވަނީ އަންގާރަ ދުވަހު ކަމަށެވެ. މި ދެ ސެގްމެންޓުގެ ތެރެއިން ނަރުދަމާއާއި ފެންހޮޅި އެޅުމުގެ މަސައްކަތް ފަށާފައިވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެންމެ ޒަމާނީ ފެންވަރަށް އަމީނީމަގު ޑިޒައިންކުރެވިގެންދާއިރު، މަގުގެ ފެން ހިންދާ ނިޒާމް ޑިޒައިން ކުރެވިގެންދާނީ އަމީނީމަގުގެ ދެފަރާތުންވެސް، މަގު ނިމެންދެން އެއްކޮޅުން އަނެއް ކޮޅަށް ކާނު އަޅާގޮތަށެވެ. އަދި ޑިޒައިނަށް ބިނާކޮށް، އެ މަގުގައި ފެންބޮޑުވުމަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި އިތުރު ޕަމްޕް ސްޓޭޝަންތައް ބަހައްޓާނެއެވެ.

މީގެ އިތުރުން، އިމާރާތްކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު ބޭރުކުރާ ފެނަށް ޚާއްޞަ ޑީވޯޓަރިންގ ނެޓްވޯރކް އަޅާނެއެވެ. މީގެ ސަބަބުން ދުވާރު މަތީގައި ހޮޅި އަޅައިގެން އިމާރާތްތަކުން ފެން ބޭރުކުރުން ނިމުމަކަށް އަންނާނެއެވެ. އަމީނީމަގު ތަރައްގީކުރުމުގެ މަޝްރޫއުގައި، ނުކުޅެދުންތެރިކަން ހުންނަފަރާތްތައް ހިނގާބިނގާވެ އުޅުމަށް ފަސޭހަވާނެ ގޮތަށް ދުވާރުގައި ބުރައިލް ބުލޮކްސް ޖެހުމާއި ވީލްޗެއަރ އެކްސެސް ގާއިމްކޮށް، ފެނާއި ނަރުދަމާ ނިޒާމް އަޕްގްރޭޓް ކުރެވޭނެއެވެ. ހަމަ އެއާއެކު ސްޓޭކް ހޯލްޑަރުން ކޭބަލްތައް އެޅުމަށްޓަކައި މަގުގެ ދެފަޅީގައި ކޭބަލްޓްރޭ އެޅުމާއެކު، އެޗްވީ ކޭބަލަށް ޚާއްޞަކޮށްގެން ޖަންގްޝަންތަކެއް ބަހައްޓާނެއެވެ.

މަގު ހެދުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކުރީ މިދިޔަ ޖުލައި މަހުގެ ތިންވަނަ ދުވަހުއެވެ. ވިއްސާރަ މޫސުންތަކުގައި މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވެ، ރައްޔިތުންނަށް ގިނަ ތަކުލީފުތަކެއް ކުރިމަތިވާ އެއް މަގުކަމަށްވާ އަމީނީމަގު ތަރައްގީކުރުމަށް ޕްލޭނިންގ މިނިސްޓްރީން އާރްޑީސީއެކު ސޮއިކުރީ، އެ މަގުގައި ތާރު އަޅައިގެން ހެދުމަށެވެ. 1.7 ކިލޯމީޓަރުގެ މި މަގު ހެދުމަށް ޚަރަދުވަނީ ޖުމްލަ އަށްޑިހަ ހަތަރު މިލިއަން ހަތަރު ލައްކަ ސާދަ ހާސް ފަސް ސަތޭކަ ސާޅީސް ހަ ރުފިޔާ، އަށްޑިހަ ތިން ލާރިއެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 210 ދުވަސް ނުވަތަ ހަތް މަސް ދުވަހުގެ ތެރޭގައެވެ.

- ކޮމެންޓް