ކ. މާލެ
|
17 އޭޕްރިލް 2023 | ހޯމަ 12:59
ޔަމަނުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ސައުދީން އިސްވެ ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ވަނީ މަރުޙަބާ ކިޔާފައި
ޔަމަނުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ސައުދީން އިސްވެ ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ވަނީ މަރުޙަބާ ކިޔާފައި
ސައުދީގެޒެޓް
ޔަމަނުގައި ހިނގަމުންދާ ހަނގުރާމަ
ޔަމަނުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ސައުދީން ކުރާ މަސައްކަތަށް ރާއްޖެއިން މަރުޙަބާ ކިޔައިފި
 
ޔަމަނުގެ ރައްޔިތުން ދެކެމުންދާ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތް ފާހަގަކޮށްފައިވޭ

ޔަމަނުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެސް ފުރިހަމަ ސިޔާސީ ޙައްލެއް ހޯދުމަށް ސައުދީ އަރަބިއްޔާއިން އިސްވެ ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން ތާއީދުކުރާކަން ހާމަކޮށްފިއެވެ.

މިކަން ހާމަ ކޮށްފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ސަޢުދީ އަރަބިއްޔާއިން ޔަމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލަންސީ މުޙައްމަދު އަލް ޖާބިރް އިސްވެ ހުންނަވައި ޔަމަނުގެ ވެރިރަށް ސަންޢާގައި މިހިނގާ އޭޕްރިލް މަހުގެ 8 އިން 13 އަށް ސަޢުދީ އަރަބިއާގެ ވަފުދުން ބޭއްވި ބައްދަލުވުންތައް ފާހަގަކޮށް އެކަމަށް މަރުޙަބާ ކިޔާފައެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ސަޢުދީ އަރަބިއާގެ ވަފުދުގެ މި ބައްދަލުވުންތަކަކީ މާޗް 2021 ގައި އިޢުލާނު ކުރެވުނު ސަޢުދީ އިނީޝަޓިވް އާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އޭޕްރިލް 2022ގައި ޔަމަނުގައި ޙަމަލާ ބަދަލުކުރުން ހުއްޓާލާފައިވާކަން އ.ދ. އިން އިޢުލާނު ކުރީއްސުރެ އެޤައުމުގެ މަސްރަހަށް އައިސްފައިވާ ހެޔޮ ބަދަލުތަކުގެ މައްޗަށް ބިނާކުރެވިގެންދިޔަ ބައްދަލުވުންތަކެއްކަން ފާހަގަކޮށްފައެވެ.

ހަމައެއާއެކު، ދިވެހިރާއްޖޭގެ ބަޔާނުގައި ވަނީ ޔަމަނުގައި ތަރައްޤީއާއި ފާގަތިކަމާއި ޞުލްޙައާއި ހަމަޖެހުން ޤާއިމުކުރުމަށް ޔަމަނުގެ ރައްޔިތުން ދެކެމުންދާ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި ކުރެވެމުން އަންނަ މިފަދަ މަސައްކަތްތަކަށް އެއްބާރުލުންދިނުމަށް ޔަމަނުގެ ޤާނޫނީ ސަރުކާރަށާއި ޙޫޘީންނަށް ގޮވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް