ކ. މާލެ
|
16 އޭޕްރިލް 2023 | އާދީއްތަ 13:47
ހައިރައިޒްގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް މާކެޓިން، މަރިޔަމް މާއިޝާ
ހައިރައިޒްގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް މާކެޓިން، މަރިޔަމް މާއިޝާ
ރާއްޖެއެމްވީ
ލިވިން އެކްސްޕޯ
ލިވިން އެކްސްޕޯއާމެދު ހައިރައިޒްގެ އުންމީދުތައް ބޮޑު، އެކްސްޕޯ އޮގަސްޓް މަހު ބާއްވަނީ
 
މިދިޔަ އަހަރުގެ ލިވިން އެކްސްޕޯ އަކީ ވެސް ތަފާތު ފެނުނު އެކްސްޕޯއެއް
 
މިފަހަރުގެ ލިވިން އެކްސްޕޯ އަކީ ވެސް ތަފާތު އާ ކަންތައްތަކެއް ފެނިގެންދާނެ އެކްސްޕޯއެއް

ހައިރައިޒުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މޯލްޑިވްސް ލިވިން އެކްސްޕޯގެ 11 ވަނަ އަދަދު އަންނަ އޮގަސްޓް މަހު ބާއްވާން ނިންމާފައިވާ ކަމަށާއި އެ އެކްސްޕޯއާ މެދު ކުރާ އުންމީދުތައް ވަރަށް ބޮޑު ކަމަށް ހައިރައިޒް އިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހައިރައިޒްގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް މާކެޓިން، މަރިޔަމް މާއިޝާ ވިދާޅުވީ މިފަހަރުގެ ލިވިން އެކްސްޕޯ އަކީ ވެސް ތަފާތު އާ ކަންތައްތަކެއް ފެނިގެންދާނެ އެކްސްޕޯއެއް ކަމަށެވެ. ހައިރައިޒުން މަސައްކަތްކުރަނީ އަހަރަކަށް ވުރެ އަހަރެއް އެކްސްޕޯ ފުރިހަމަކުރުމަށް ކަމަށާއި ފާއިތުވި އަހަރުތަކުގައި އާއްމުންގެ ފަރާތުން އެކްސްޕޯ އަށް ލިބުނު ތަރުހީބު ވަރަށް ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ. އެއްތަނަކުން ބޯހިޔާވަހިކަމާ ގުޅުން ހުރި ރަނގަޅު ބޭނުންތެރި މައުލޫމާތު ފޯރުކޮށްދިނުމަކީ މިފަދަ އެކްސްޕޯއެއްގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ އެންމެ މުހިންމު އެއް ބޭނުންކަމަށް ވެސް މާއިޝާ ވިދާޅުވިއެވެ.

އަދި ފާއިތުވި އަހަރުގެ ތަޖުރިބާއާ މެދު ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުގައި އިންވެސްޓްކުރަން ބޭނުންވާ ދިވެހިންނަށް އެ އެކްސްޕޯ އިން ހުޅުވިގެން ދިޔައީ ވަރަށް ރަނގަޅު ފުރުސަތުތަކެއް ކަމަށެވެ. އާއްމުންގެ އިތުރުން ވިޔަފާރިވެރިންނަށް ވެސް އެއް ޕްލެޓްފޯމަކުން ގެދޮރުވެރިކަމުގެ މައުލޫމާތު ހޯދުމަށް އެކްސްޕޯ އަކީ މުހިންމު ޕްލެޓްފޯމެއް ކަމަށް މާއިޝާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ލިވިން އެކްސްޕޯއިން ވެސް ތަފާތު ފެނުނު ކަމަށާއި އެއީ ކާމިޔާބު އެކްސްޕޯ އެއް ކަމަށް އެކްސްޕޯ އިންތިޒާމް ކުރި ހައިރައިޒް އިން ބުނެފައިވެއެވެ. ހައިރައިޒުން ބުނީ އެކްސްޕޯގައި ޓެކްނޮލޮޖީ އާއި ފައިނޭންޝަލް އޮޕްޝަންތައް ގިނަ ކަމަށާއި އެއީ ވަރަށް ރަނގަޅު ބަދަލެއް ކަަމަށެވެ. އެ އެކްސްޕޯގެ ތެރެއިން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ގާއިމްކޮށް ބިނާކުރެވެމުންދާ ރިއަލް އެސްޓޭޓް ވިޔަފާރީގެ އެންމެ ފަހުގެ އުފެއްދުންތަކުގެ މައުލޫމާތު ހިއްސާކުރެވުނު ކަމަށާއި ރާއްޖެއިން ބޭރުގައި އަވަށްޓެރިން ދިރިއުޅޭ ތަންތަނުގައި ހުރި ރަނގަޅު އެޕާޓްމެންޓް ޕްލޭންތަކުގެ މައުލޫމާތު އެކްސްޕޯ އިން 2022 ވަނަ އަހަރު ފޯރުކޮށްދިން ކަމަށް ހައިރައިޒުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް