ކ. މާލެ
|
16 އޭޕްރިލް 2023 | އާދީއްތަ 12:10
އާސެނަލް އިން ކުޅުނު މެޗެއްގައި ލަނޑު ޖެހުމަށްފަހު ޖީސޫސް އުފާ ފާޅު ކުރަނީ
އާސެނަލް އިން ކުޅުނު މެޗެއްގައި ލަނޑު ޖެހުމަށްފަހު ޖީސޫސް އުފާ ފާޅު ކުރަނީ
ރޮއިޓާސް
އިނގިރޭސި ޕްރިމިއާ ލީގު
ލީގު ރޭހުގައި ޖީސޫސްގެ "އިންޒާރެއް" ސިޓީ އަށް
 
ޖީސޫސް ބުނީ އާސެނަލް އިން އަންނަނީ ލީގަށް ވާދަ ކުރަމުން ކަމަށާއި، އެންމެ ފަހު ވަގުތަށް ހަމަ އަށް ވެސް މަސައްކަތް ކުރާނެ ކަމަށް

މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގު ރޭހުގައި އާސެނަލް ދެމި އޮންނާނެ ކަމަށް ބުނެ އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ ގަބްރިއެލް ޖީސޫސް މެންޗެސްޓަރ ސިޓީ އަށް "އިންޒާރެއް" ފޮނުވައިފި އެވެ.

ލީގުގައި މިވަގުތު އެއް ވަނައިގައި އޮތީ އާސެނަލް އެވެ. އެއީ އެ ޓީމު ކުޅުނު 30 މެޗުން 73 ޕޮއިންޓާއެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ސިޓީ އޮތީ 70 ޕޮއިންޓާއެކު އެވެ. ލީގުގައި އާދިއްތަ ދުވަހު ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ލީޑު ފުޅާ ކުރުމުގެ ފުރުސަތު އާސެނަލް އަށް އޮންނާނެ އެވެ.

އެ މެޗުގެ ކުރިން ވާހަކަ ދައްކަމުން ޖީސޫސް ބުނީ، މީގެ ކުރިން ވެސް ލީގު ނުލިބި ހުރި ޓީމުތަކަށް އޭނާ ކުޅެފައިވާނެ ކަމަށެވެ. އޭނާ ބުނީ ޕަލްމެއިރާސް އަށް އޭނާ ކުޅުނުއިރު އެ ޓީމު އޮތީ ލީގު ކާމިޔާބު ނުކުރެވޭތާ 20 އަހަރުވެފައި ކަމަށެވެ. އެ މިސާލާއެކު ޖީސޫސް ބުނީ އާސެނަލް އޮތީ ވެސް އެފަދަ ހާލަތެއްގައި ކަމަށެވެ. ޖީސޫސް މިހެން ބުނިއިރު، އޭނާ ވަނީ 2015 ވަނަ އަހަރު ޕަލްމެއިރާސް އަށް ބަދަލުވެ ޖެހިގެން އައި އަހަރު އެ ޓީމާއެކު ލީގު ކާމިޔާބުކޮށްފަ އެވެ. އެ ހަނދާންތައް އައު ކުރަމުން ޖީސޫސް ބުނީ، އޭނާ އާސެނަލަށް ބަދަލުވީ ވެސް އެ ސަބަބަށްޓަކައި ކަމަށެވެ. އޭނާ ބުނީ އެއްވެސް ޙާލެއްގައި އޭނާ ބުނަން ބޭނުންވަނީ އާސެނަލް އިން މި ސީޒަންގެ ލީގު ކާމިޔާބު ކުރާނެ ވާހަކަ ނޫން ކަމަށެވެ. ސަބަބަކީ މިހާތަނަށް އަދި އެއްވެސް ކަމެއް ކަނޑައެޅި ނިމިފައި ނެތުމުންނެވެ. އެހެން ނަމަވެސް ޖީސޫސް ބުނީ އާސެނަލް އިން އަންނަނީ ލީގަށް ވާދަ ކުރަމުން ކަމަށާއި، އެންމެ ފަހު ވަގުތަށް ހަމަ އަށް ވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ސިޓީ ދޫކޮށް އާސެނަލަށް ބަދަލުވެ މިހާތަނަށް އެ ޓީމަށް ކުޅެދިން 25 މެޗުން ޖީސޫސް ވަނީ އަށް ލަނޑު ޖަހައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް