ކ. މާލެ
|
16 އޭޕްރިލް 2023 | އާދީއްތަ 09:08
ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ މެންބަރު
ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ މެންބަރު
އަވަސް
ގުރައިދޫ ދާއިރާ އެމްޑީޕީއަށް ކާމިޔާބުވުން
ގުރައިދޫ ބައި-އިލެކްޝަން: އެމްޑީޕީއަށް ތާރީޚީ ކާމިޔާބީއެއް
 
ޗެއާރޕާސަން ފައްޔާޒު އިސްމާއީލް ކުރެއްވި ޓްވީޓުގައި ވަނީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތްކުރި މުޅި ޓީމަށް މަރުޚަބާ ވިދާޅުވެފައި
 
ޝާޒުގެ ކެމްޕެއިން މެނޭޖަރު މުހައްމަދު ޖައިޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގޮންޖެހުންތަކާއެކުވެސް މިއިންތިޚާބު އެމްޑީޕީން ކާމިޔާބުކޮށްފައިވާކަމަށް

ފުރަތަމަ ފަހަރަށް ކ އަތޮޅުގެ ގޮނޑިއެއް އެމްޑީޕީ އަށް ކާމިޔާބުވެގެން ދިޔުމަކީ އެމްޑީޕީއަށް ލިބުނު ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި އެމްޑީޕީގެ އާންމު މެންބަރުންނާއި ލީޑަރޝިޕުން ފާހަގަކުރައްވައިފިއެވެ.

ހޮނިހިރު ދުވަހު ކުރިޔަށްދިޔަ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބުކުރީ އެދާއިރާގެ ގޮނޑި ފާއިތުވި ދުވަސްތަކުގައި ފުރަމުންދިޔަ ޕީޕީއެމްއާ ވާދަކޮށެވެ. ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒް ކާމިޔާބުކުރައްވާފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާ އާދަމާ ވާދަކުރައްވައެވެ. 

އިންތިޚާބުން ލިބުނު ކާމިޔާބީ ފާހަގަކުރައްވާ ޝާޒުގެ ކެމްޕެއިން މެނޭޖަރު މުހައްމަދު ޖައިޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގޮންޖެހުންތަކާއެކު ވެސް މިއިންތިޚާބު އެމްޑީޕީން ކާމިޔާބުކޮށްފައިވާކަމަށެވެ.

މިއިންތިޚާބުގެ ކެމްޕެއިންގައި އެމްޑީޕީގެ ތެރެއިން މިހާރު އުފެދިގެންއުޅޭ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ން ބައިވެރިއެއްނުވެއެވެ.

އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރައްވާ ޕާޓީގެ ޗެއާރޕާސަން ފައްޔާޒު އިސްމާއީލް ކުރެއްވި ޓްވީޓުގައި ވަނީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތްކުރި މުޅި ޓީމަށް މަރުޚަބާ ވިދާޅުވެފައެވެ.

ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ފުރަތަމަ ފަހަރަށް ކ އަތޮޅަށް ނިސްބަތްވާ މަޖްލިސް ގޮނޑިއެއް އެމް.ޑީ.ޕީ އަށް ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކޮށްދެއްވި ގުރައިދޫ ދާއިރާގެ އެންމެހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާކަމަށެވެ.

އިންތިޚާބުން ލިބުނު ކާމިޔާބީ ފާހަގަކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ޓްވީޓެއްގައި ވަނީ މި އިންތިޚާބުގެ ނަތީޖާއަކީ މުޅި ރާއްޖެ ވެސް ރައީސް ޞާލިހު ބަލައިގެންފިކަމުގެ ހެއްކެއްކަމަށް ވިދާޅުވެފައެވެ.

މިއިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕީޕީއެމް ކެންޑިޑޭޓް ހުސައިން ރިޒާއަށް ލިބިވަޑައިގެންނެވީ 1226 ވޯޓެވެ. ޝާޒް އަށް 1346 ވޯޓު ލިބިވަޑައިގެންނެވިއިރު ދެން އިންތިޚާބުގައި ވާދަކުރެއްވި އެމްއެންޕީގެ ކެންޑިޑޭޓް އަލީ އަރީފް އަށް ލިބިވަޑައިގެންނެވީ 122 ވޯޓެވެ. މިއިންތިޚާބުގައި 3423 މީހުންނަށް ވޯޓުލެވެއެވެ. ވޯޓުލާފައިވަނީ 2755 މީހުންނެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވާފައިމިވަނީ ފާއިތުވި 14 އަހަރު އެގޮނޑި ފުރުއްވަމުން ގެންދެވި ޕީޕީއެމްގެ އިބްރާހީމް ރިޒާ އަވަހާރަވުމާއި ގުޅިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް