ކ. މާލެ
|
15 އޭޕްރިލް 2023 | ހޮނިހިރު 20:40
ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ޝާޒު
ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ޝާޒު
އެމްޑީޕީ
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން
ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް
 
ޝާޒް ގޮނޑި ކާމިޔާބު ކުރެއްވީ 100އަށްވުރެ ގިނަ ވޯޓުގެ ތަފާތަކުން

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒް ކާމިޔާބުކުރައްވައިފިއެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ޝާޒުއަށް އިންތިޚާބުގައި ވަނީ 1340 ވޯޓު ލިބިވަޑައިގެންފައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވީ ޕީޕީއެމް ކެންޑިޑޭޓު ހުސައިން ރިޒާ އާދަމެވެ. އޭނާއަށް ލިބިވަޑައިގެންފައިވަނީ 1226 ވޯޓު ކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ.

މިއާއެކު އެމްޑީޕީއަށް މަޖިލީހުގެ 68 ގޮނޑި މިހާރު ވަނީ ލިބިފައެވެ. ކުރިން ގުރައިދޫ ދާއިރާގެ މެމްބަރަކަށް ހުންނެވީ ޕީޕީއެމްގެ މެމްބަރެކެވެ.

މި އިންތިޚާބުގައި 3423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ވޯޓުލުމުގެ ސުންގަޑި ހަމަވިއިރު ވޯޓު ލާފައިވަނީ 2755 މީހުންނެވެ. އެއީ 1431 ފިރިހެނުންނާއި 1324 އަންހެނުންނެވެ.

ޝާޒު ހޮވުމުން އެމްޑީޕީން ވަނީ އޭނާއަށް މަރުހަބާ ދަންނަވާފައެވެ. އަދި އެ ދާއިރާގެ ޕާޓީގެ މެމްބަރުންނާއި ލީޑަރޝިޕްގެ ބޭފުޅުން ކުރެއްވި ބުރަ މަސައްކަތްތަކަށްޓަކައި އެ ޕާޓީން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
10%
50%
10%
20%
0%
10%
ކޮމެންޓް