ކ. މާލެ
|
13 އޭޕްރިލް 2023 | ބުރާސްފަތި 18:16
އީޔޫގެ ޑިޕްލޮމެޓް ޖޯސެޕް ބޮރެލް
އީޔޫގެ ޑިޕްލޮމެޓް ޖޯސެޕް ބޮރެލް
ރޮއިޓާރސް
ޖޯސެޕް ބޮރެލް
އީޔޫގެ މަތީ ފަންތީގެ ޑިޕްލޮމެޓަކަށް ޗައިނާގެ ދައުވަތު
 
ޖޯސެޕް ބޮރެލް ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަން ބުދަ ދުވަހު ސޯޝަލް މީޑިއާގައި އިއުލާންކުރައްވާފައިވޭ

އީޔޫގެ މަތީ ފަންތީގެ ޑިޕްލޮމެޓެއް, ދެ ފަރާތަށް ވެސް ފަސޭހަފުޅު ވަގުތެއްގައި ވަޑައިގަތުމަށް ޗައިނާއިން ދައުވަތު އަރުވައިފިއެވެ.

މިކަން ހާމަކޮށް ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު ބުރާސްފަތި ދުވަހު ވިދާޅުވީ، އީޔޫގެ ޑިޕްލޮމެޓް ޖޯސެޕް ބޮރެލްއަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށާއި، ދެ ފަރާތަށްވެސް ފަސޭހަފުޅު ވަގުތެއްގައި ޗައިނާއަށް ޒިޔާރަތް ކުރެއްވުމަށް މަރުހަބާ ދަންނަވާކަމަށެވެ.

އީޔޫގެ ހައި ރެޕްރެޒެންޓޭޓިވް ފޯރ ފޮރިން އެފެއަރޒް އެންޑް ސެކިއުރިޓީ ޕޮލިސީގެ ހައި ރެޕްރެޒެންޓޭޓިވް އަދި ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް ޖޯސެޕް ބޮރެލް ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަން ބުދަ ދުވަހު ސޯޝަލް މީޑިއާގައި އިއުލާންކުރައްވައި، ޗައިނާއަށް ކުރައްވާ ދަތުރުފުޅު ފަސްކުރައްވަން ނިންމިއެވެ.

ފަސްކުރެއްވި ދަތުރުފުޅާ ގުޅިގެން ތަރުޖަމާނު ވަންގް ވެންބިން ވަނީ، މިސްޓަރ ބޮރެލްއަށް ހަމްދަރުދީ ފާޅުކުރައްވާފައެވެ. ވަންގް ވިދާޅުވެފައިވަނީ، ހައި ރެޕްރެޒެންޓޭޓިވް ބޮރެލް ޗައިނާއަށް ކުރައްވާ ދަތުރުފުޅު ފަސްކުރައްވަން ނިންމެވިކަން ޔޫރަޕުން ވަނީ ޗައިނާއަށް އަންގާފައިކަމަށެވެ. އަދި އެކަމާ ދޭތެރޭ ދެކެވަޑައިގަންނަވާ ގޮތް ފާޅުކުރައްވާފައި ވާކަމަށާއި، މަތީ ރެޕްރެޒެންޓޭޓިވް ބޮރެލްއަށް ހަމްދަރުދީ ފާޅުކުރައްވައި، އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ދެފަރާތަށްވެސް ފަސޭހަފުޅު ވަގުތެއްގައި ޗައިނާއަށް ޒިޔާރަތްކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ބޮރެލް ޗައިނާއަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތީ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް