ކ. މާލެ
|
12 އޭޕްރިލް 2023 | ބުދަ 15:30
ޕީޖީ އޮފީހުގެ ވަކީލުން
ޕީޖީ އޮފީހުގެ ވަކީލުން
ރާއްޖެއެމްވީ
އެމްއެމްޕީއާރްސީ ހިޔާނާތް
އެމްއެމްޕީއާރްސީ މައްސަލަތަކުގައި ދައުލަތުން ވަކާލާތުކުރައްވާ ވަކީލުންގެ ޓީމު ބަދަލުކޮށްފި
ދައުލަތުގެ ފަރާތުން ވަކާލާތުކުރައްވާ ވަކީލުން އައްޔަނުކުރައްވަނީ ޕީޖީ
އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އައު ވަކީލުންތަކެއް

އެމްއެމްޕީއާރްސީ މައްސަލަތަކުގައި ދައުލަތުން ވަކާލާތުކުރައްވާ ވަކީލުންގެ ޓީމު ބަދަލުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ރާއްޖެއެމްވީއަށް ވިދާޅުވީ، ކޭސްތަކުގައި ދައުލަތުގެ ފަރާތުން ވަކާލާތުކުރައްވާ ވަކީލުން އައްޔަނުކުރައްވަނީ ޕީޖީ ކަމަށާއި، އެމްއެމްޕީއާރްސީ މައްސަލައިގެ ވަކީލުންގެ ޓީމަށް ބަދަލުތަކެއް ގެންނެވީވެސް އެގޮތުގެމަތިން ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރެއްވި މައްސަލައާއި، ކްރިކް ރިޒާ އަދި ސަން ކުންފުނީގެ ފަރާތުން އިސްތިއުނާފުކުރި މައްސަލައިގެ އަޑުއެހުންތަކުގައި ފެނިގެން ދިޔައީ، ދައުލަތުގެ ފަރާތުން އާންމުކޮށް އެމްއެމްޕީއާރްސީ މައްސަލަތަކުގައި ވަކާލާތު ކުރައްވަމުން ގެންދެވި ވަކީލުންނެވެ. އެގޮތުން ސީނިއަރ ޕަބްލިކް ޕްރޮސެކިއުޓަރ މަރިޔަމް ޝަހުމާ، ޕަބްލިކް ޕްރޮސެކިއުޓަރ އާމިނަތު ޝާމާ ނަސީރު، ޕަބްލިކް ޕްރޮސެކިއުޓަރ ހައްވާ ނާހީ، އަދި އަހުމަދު ނައުފަލް ވަނީ އެމްއެމްޕީއާރްސީ މައްސަލަތަކުގައި ވަކާލާތު ކުރައްވާފައެވެ.

އެހެންނަމަވެސް މި މައްސަލަތަކުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އައު ވަކީލުންތަކެކެވެ.

ޝަފީއު ވިދާޅުވީ، މުޅި އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ވަކާލާތުކުރައްވާ ޓީމަށް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް