ކ. މާލެ
|
12 އޭޕްރިލް 2023 | ބުދަ 12:42
މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަހްމަދު މަހްލޫފް
މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަހްމަދު މަހްލޫފް
ރާއްޖެއެމްވީ
މަހްލޫފް މަޖިލީހަށް ހާޒިރުކުރުން
މަސައްކަތްތައް ގިނަ، ކޮންޓްރެކްޓަރުންނަށް ނުކަތާ: މަހްލޫފް
ކޮންޓްރެކްޓަރުންނަށް އޮބި ނޯންނަވަރަށް މަސައްކަތް އެބަހުރި ކަމަށް މަހްލޫފް ވިދާޅުވި

މިހާރު މަސައްކަތްތައް ގިނަކަމުން ކޮންޓްރެކްޓަރުންނަށް ނުކަތާ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މަޖިލީހަށް ހާޒިރުކުރުމަށް އެންމެ ފުރަތަމަ ތާވަލްކުރީ އަންގާރަ ދުވަހުއެވެ. އެއީ ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުالله ރިޔާޒް ކުރައްވާފައިވާ ސުވާލަކާއި ގުޅިގެންނެވެ. އޭނާ ސުވާލުކުރައްވާފައި ވަނީ ތ.ވޭމަންޑޫ ޒުވާނުންގެ މަރުކަޒު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް 20 ނޮވެންބަރު 2022ގައި ފަށައި، 1 ޖަނަވަރީ 2023 އަށް ނިންމާ ލެވޭނެ ކަމަށް ސަރުކާރުން ލަފާކޮށް، އެ މަޢުލޫމާތު ހާމަކޮށްފައިވީ ނަމަވެސް އެ މަސައްކަތް ކުރިއަށް ނުދާތީ، އެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިހާރު ރޭވިފައިވާ ގޮތަކީ ކޮބައިތޯ ސާފުކުރުމަށެވެ. އަދި އެ މަސައްކަތް ނިންމާލެވޭނެ ތާރީޚަކީ ކޮބައިތޯ ސުވާލުކުރައްވާފައިވެއެވެ. މަހްލޫފްގެ ހާލުކޮޅު ރަނގަޅުވުމުން އެ މައްސަލަ ބުދަ ދުވަހަށް ވަނީ ތާވަލްކޮށްފައެވެ.

ބުދަ ދުވަހު ރިޔާޒްގެ ސުވާލަށް ޖަވާބުދެއްވަމުން މަހްލޫފް ވިދާޅުވީ ކޮންޓްރެކްޓަރުންނަށް އޮބި ނޯންނަވަރަށް މަސައްކަތް އެބަހުރި ކަމަށެވެ. އެ ސަބަބާއި ހުރެ ހަވާލު ކުރެވޭ މަސައްކަތްތައް ވަކި މުއްދަތެއްގެ ތެރޭގައި ނިމޭނެކަމަށް އަންދާޒާ ކުރި ނަމަވެސް އެކަން އެހެން ނުވާ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ. ފުރަތަމަ މަޝްރޫޢުތައް މޮބިލައިޒް ކުރަން އޮންނަ ދުވަހަށް ނުކުރެވުމުން އެ މަސައްކަތް ކުރާނީ ކޮންއިރަކުންތޯ ސުވާލުކުރުމުން ޖެހިގެން އަންނަ ހަފްތާގައި އެ މަސައްކަތް ކުރާނެ ކަމަށް ކޮންޓްރެކްޓަރުން ބުނާ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ. އަދި މަސައްކަތް ނިންމުމަށް އެކި ތާރީޚުތައް ދެމުންދާ ކަމަށެވެ. މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ވީހާވެސް އަވަހަށް މަސައްކަތް ކުރުމަށް ބާރު އެޅުމަށް ކަމަށް މަހްލޫފް ވިދާޅުވިއެވެ. ތިމަރަފުށީގައި މަސައްކަތްތައް ނުފެށުމުން ކޮންޓްރެކްޓް ބާތިލްކޮށްފަ ކައުންސިލްއަށް މަސައްކަތްކުރުމަށް ހަވާލުކޮށްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް