ކ. މާލެ
|
10 އޭޕްރިލް 2023 | ހޯމަ 22:55
ރައީސް ޞާލިހުގެ ނަމުގައި ހަދާފައިވާ ފޭކް އެކައުންޓް
ރައީސް ޞާލިހުގެ ނަމުގައި ހަދާފައިވާ ފޭކް އެކައުންޓް
ފޭކް އެކައުންޓް
ރައީސް ޞާލިހުގެ ނަމުގައި ފޭކް އިންސްޓަގްރާމް އެކައުންޓެއް
މިއީ ރައީސް ޞާލިހުގެ އެކައުންޓެއް ނޫން ކަމަށް ރައީސް އޮފީހުން ބުނޭ
ރައީސްގެ އަސްލު އެކައުންޓުގައި ހުރި ފޮޓޯތައް ފޭކް އެކައުންޓުގައި ޕޯސްޓުކޮށްފައިވޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ނަމުގައި ފޭކް އިންސްޓަގްރާމް އެކައުންޓެއް ހަދައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސްޓަގްރާމުގައި ރައީސް ޞާލިހުގެ ނަމުގައި ފޭކް އެކައުންޓެއް ހަދާފައިވާކަން ސަމާލުކަމަށް އައިސްފައިވާކަމަށެވެ. މިއީ ރައީސް ޞާލިހުގެ އެކައުންޓެއް ނޫން ކަމަށް މިއުވާން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަސްލު އިންސްޓަގްރާން އެކައުންޓުގައި ޕޯސްޓުކުރައްވާފައިވާ ފޮޓޯތައް މި ފޭކް އެކައުންޓުގައިވެސް ޕޯސްޓުކޮށްފައިވެއެވެ. އަދި ޔޫޒަރނޭމަކަށް ޖަހާފައިވަނީ "އިބޫސޯލިހް" މިހެންނެވެ. މިއީ އެމަނިކުފާނުގެ އަސްލު އެކައުންޓުގައިވެސް އިންނަ ޔޫޒަރނޭމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް